މަޖުނޫން ފިލްމުގެ ޕޯސްޓަރެއް
މަޖުނޫން ފިލްމުގެ ޕޯސްޓަރެއް
މިރޭ ޕްރިމިއާ ކުރާ "މަޖުނޫން" އަކީ މިހާތަނަށް އޭނާ ހެދި ފިލްމުތަކުގެ ތެރެއިން އެންމެ ޔަގީންކަން ބޮޑު ފިލްމު ކަމަށް ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ނަހުލާ ބުނެފިއެވެ.

މި ފިލްމުގެ ޕްރީ ސްކްރީނިންއެއް އޮލިމްޕަސް ސްކްރީނުގައި ބާއްވާފައިވާއިރު، "މަޖުނޫން" ގެ ޕްރީ ސްކްރީނިން ބަލާލުމަށްފަހު ނަހުލާ ބުނީ، އޭނާގެ ހިތް އުފަލުން ފުރިގެން ދިޔަ ކަމަށެވެ.

ނަހުލާ އެންމެ އުފާވީ ފިލްމު ބަލާލުމަށްފަހު އޭނާގެ ދަރިފުޅު ނާޝްގެ ރިއެކްޝަން އިންނެވެ. "އަދި އެންމެ އުފާވީ ނާޝް ނުކުތްގޮތަށް ބައްދާލާފަ ބުނި މަންމިއޭ ހާދަ ސަޅިއޭ ފިލްމު، ދެރަވެއްޖެއޭ، ރޮވިއްޖެއޭ، ހާސްވެސް ވެއްޖެއޭ، ފިނިވެސް ވެއްޖެއޭ. ނޭނގެއޭ ބުނެދޭކަށްވެސް ކޮން ފީލް އެއް ކަމެއްވެސް. ޔޫ ޑިޑް އިޓް އެގެއިން އޭ" ނަހުލާ ބުންޏެވެ.

ނަހުލާ ބުނި ގޮތުގައި، އާންމުކޮށް އޭނާގެ ފިލްމެއް ބަލާފައި ނާޝް 100 ގޮތް ކިޔާނެއެވެ. ނަމަވެސް މިފަހަރު ނާޝްގެ ރިއެކްޝަން ވަރަށް ތަފާތު ކަމަށް ނަހުލާ ފާހަގަކުރިއެވެ.

ފިލްމު "މަޖުނޫން" އަކީ ކޮން ފީލްއެއްގެ ފިލްމެއްކަން ޔަގީންކަމާއެކީ ބުނަން ނޭނގޭ ކަމަށް ނަހުލާ ބުންޏެވެ. އެހެން ނަމަވެސް، މިއީ ބަލައިފި ކޮންމެ މީހަކަށް ކަމުދާނެ ފިލްމެއް

ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ. ނަހުލާ އިތުރަށް ބުނީ، މިހާތަނަށް އެހެން އެއްވެސް ފިލްމަކަށް ނެތްވަރުގެ ޔަގީންކަން "މަޖުނޫން" އަށް އޮތް ކަމަށެވެ.

މިރޭ ޕްރިމިއާ ކުރާ "މަޖުނޫން" ގެ ހުރިހާ މަސައްކަތްތަކެއް ނިމި، ޕްރީ ސްކްރީނިންއެއް ބާއްވައިފައިވުމަކީ މި ފިލްމު ފުރިހަމަވާނެ ކަމުގެ ޔަގީންކަން އާންމުންނަށް ލިބުނު ކަމެކެވެ.

"މަޖުނޫން" ގެ ގިނަ ޝޯތަކެއް މިހާރުވެސް ފުލްވެފައިވާ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. ޓިކެޓް 7844422 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އޮންލައިންކޮށްވެސް ގަނެލެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު