އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަވަހާރަވެފައިވާ ބައްޕާފުޅަށް ނިސްބަތްކުރައްވައި ކޮންގްރެސްގެ ރައީސް މައްލިކާރުޖުން ޚަރްގޭ ދެއްކެވި ވާހަކަތަކާ ދެކޮޅަށް މުޅި ގައުމުގައި އިހުތިޖާޖުކުރުމަށް ބާރަތިޔާ ޖަނަތާ (ބީޖޭޕީ) އިން ނިންމައިފިއެވެ.
ބީޖޭޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޯމަ ދުވަހު އިންޑިއާގެ އެކި ސްޓޭޓްތަކުގައި ހުރި އެ ޕާޓީގެ މައި އޮފީސްތަކުގެ ކުރިމަތީގައި މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށެވެ.
މި އިހުތިޖާޖުތަކަކީ ޕަޓްނާގައި ބޭއްވި ހަރަކާތެއްގައި ކޮންގްރެސްގެ ރައީސް ދެއްކެވި ހުތުރު އަދި އަބުރަށް އަރައިގަންނަ ފަދަ ވާހަކަފުޅުތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކެއް ކަމަށް ބީޖޭޕީން ބުނެއެވެ.
އަދި އެ ޕާޓީން ވަނީ އެއީ ބޮޑުވަޒީރުގެ އާއިލާގެ އިންސާނީ ކަރާމާތަށް ދިން ވަރަށް ބޮޑު ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ބީޖޭޕީގެ ލީޑަރުން ފާހަގަކުރެއްވި ގޮތުގައި، ކޮންގްރެސްގެ ރައީސްގެ މި ވާހަކަފުޅަކީ ސިޔާސީ ވާދަވެރިކަމުގެ ހައްދުން ބޭރުވެ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިއުމުގެ ބަދަލުގައި އަމިއްލަ ފަރުދުންނަށް އަމާޒުކޮށް ދީފައިވާ ޒާތީ ހަމަލާއެކެވެ.
އަދި ސިޔާސީ ލީޑަރުންގެ އާއިލާތަކަށް، ހާއްސަކޮށް ދުނިޔޭގައި ނެތް ފަރާތްތަކަށް އަމާޒުކޮށް އިހާނެތިކޮށް ވާހަކަދެއްކުމަކީ ސިޔާސީ މައިދާނުގައި ވާހަކަދެއްކުމުގެ ފެންވަރު އިންތިހާއަށް ދަށަށް ގޮސްފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ ޕާޓީގެ ލީޑަރުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު