އެމެރިކާގެ މަޝްހޫރު އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރު މެތިއު މެކޮނަހީ، އެ ޤައުމުގެ ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް މިނިވަން (އިންޑިޕެންޑެންޓް) ކެންޑިޑޭޓުންނަށް ތާއީދުކޮށް ހަ މިނެޓުގެ ވީޑިއޯ މެސެޖެއް އާންމުކޮށްފިއެވެ. މި ވީޑިއޯއާއެކު، އޭނާ ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ރިޔާސީ ރޭހަށް ނުކުމެދާނެ ކަމަށް ކުރެވޭ ބަހުސްތައް އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ.
އާންމުކުރި ވީޑިއޯގައި މެކޮނަހީ ފާހަގަކޮށްފައިވާ ގޮތުގައި، އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ކެންޑިޑޭޓުންނަކީ މިއަދު ސީރިއަސްކޮށް ބަލައިގަނެ، ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ބައެކެވެ. އަދި އެމެރިކާގެ ސިޔާސީ މަސްރަޙުގައި އޮތް ދެ ޕާޓީގެ ވަރުގަދަ ނިޒާމު ހަމަމަގުގައި ހިފެހެއްޓުމަށާއި، އެ ނިޒާމު ޖަވާބުދާރީ ކުރުވުމަށްޓަކައި މިނިވަން މަންދޫބުންގެ ދައުރު ނުހަނު މުހިންމު ކަމަށްވެސް އޭނާ ބުންޏެވެ.
މި ވީޑިއޯގައި މެކޮނަހީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ކެންޑިޑޭޓަކަށް ސީދާ ތާއީދުކޮށްފައި ނުވި ނަމަވެސް، ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް އޭނާ އެޅި ފުރަތަމަ ފިޔަވަޅެވެ.

ކިޔުންތެރިންގެ ހިޔާލު