މިނިސްޓްރީ އޮފް ފައިނޭންސްއިން އެންމެ ފަހުން ޝާއިޢުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.0 އިންސައްތަ ވަނީ އިތުރުވެފައެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.ޖީ.އެސް.ޓީ) އާއި، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ އިތުރުން، އާމްދަނީ ލިބޭ މުހިންމު އެހެނިހެން ދާއިރާތަކުން ލިބުނު މިންވަރު މަތިވުމެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 23.03 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު 2.6 އިންސައްތައިގެ ކުރިއެރުމަކާއެކު 31.89 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ވަކިވަކި ދާއިރާތަކަށް ބަލާއިރު، ޖީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ 4.43 ބިލިއަން ރުފިޔާއަށް އެރިއިރު، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނެގި ވިތުހޯލްޑިންގ ޓެކްސް ވަނީ 10.4 އިންސައްތަ އިތުރުވެ 1.09 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.79 ބިލިއަން ރުފިޔާ އަދި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 3.01 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، 15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ޖުމްލަ ޚަރަދު ވަނީ 36.39 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.9 އިންސައްތައިގެ ބޮޑުވުމެކެވެ. މީގެ ތެރޭގައި ހިމެނޭ ރިކަރަންޓް ޚަރަދު 17.2 އިންސައްތަ އިތުރުވެ 31.35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 15.2 އިންސައްތަ އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޚަރަދުތަކުގެ ތަފުސީލަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް ފެންނަނީ ސަބްސިޑީއަށެވެ. އެގޮތުން ސަބްސިޑީގެ ޚަރަދު 73.3 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އާސަންދަ ޚިދުމަތަށް ކުރި ޚަރަދު 16.9 އިންސައްތަ އިތުރުވެ 1.92 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކުގެ ޚަރަދު ވަނީ 14.1 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް، ދަރަންޏަށް ދައްކާ އިންޓްރެސްޓްގެ ޚަރަދު ވަނީ 6.6 އިންސައްތަ ދަށަށް ގޮސްފައެވެ.
މި ހިސާބުތަކަށް ބަލާއިރު، ރިޕޯޓުކުރެވުނު މުއްދަތުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް ހުރީ 4.50 ބިލިއަން ރުފިޔާގައެވެ.

ކިޔުންތެރިންގެ ހިޔާލު