ސިޔާސީ ބަދަލުތަކާއެކު ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، 2040 ވަނަ އަހަރާ ހަމައަށް އަމާޒުކޮށްގެން 20 އަހަރުގެ މާސްޓަރޕްލޭނެއް އެކުލަވާލައި، އެ ޕްލޭނަށް ޤާނޫނީ ހިމާޔަތް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސް ވިދާޅުވިގޮތުގައި މީގެ ކުރިން ރާއްޖޭގައި ކަންކަން ހިނގަމުން އައިގޮތުން، އެއް ސަރުކާރަކުން ފަށާ މަޝްރޫޢުތައް އަނެއް ސަރުކާރެއް އައުމާއެކު ހުއްޓި، ޤައުމުގެ ތަރައްޤީގެ މިސްރާބު ބަދަލުވުމުގެ ސަބަބުން ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުތަކާ ކުރިމަތިލާންޖެހެއެވެ.
މިކަމަށް ދާއިމީ ޙައްލެއް ގެނައުމުގެ ގޮތުން އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭނަކީ ހަމައެކަނި ލިޔެކިޔުމެއްގައި އޮންނަ އެއްޗެއްގެ ބަދަލުގައި، ސިޔާސީ އޮއިވަރުން އެ ޕްލޭން ސަލާމަތްކުރުމަށްޓަކައި ޚާއްޞަ ޤާނޫނެއްގެ ތެރެއިން ބާރުވެރިކަން ދިނުމަށް މިހާރު އަންނަނީ ޑްރާފްޓްކުރަމުންނެވެ.
މި ޕްލޭންގެ މައިގަނޑު އަމާޒަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމެވެ.
އދ. ގެ އާންމު މަޖިލީހުގައިވެސް ރައީސް ވަނީ މި މާސްޓަރޕްލޭނާ ގުޅޭގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެންނަވާފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ޕްލެޓްފޯމުގައި މިކަން ހާމަކުރެއްވުމުގެ މައިގަނޑު މަޤުޞަދަކީ، ރާއްޖެއަކީ ކުޑަ ޤައުމަކަށް ވީނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވެ ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ވަރުގަދަ ޢަޒުމަކާއެކު މަސައްކަތްކުރަމުންދާކަން ދުނިޔެއަށް އަންގައިދިނުމެވެ.
މި ޕްލޭންގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއާމެދު ދެކޭގޮތް ބަދަލުވެ، އައު ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށް ރައީސް އުއްމީދުކުރައްވައެވެ. އަދި ދުރުރާސްތާގެ ހަރުދަނާ ޕްލޭނަކާއެކު ޤައުމު ހިންގުމުން އޭގެ އެންމެ ފުރިހަމަ އަދި ޙަޤީޤީ ފައިދާ ރައްޔިތުންނަށް ކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު