ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ޤައުމަށް ލިބެމުންދާ ކުރިއެރުމާއި ތަރައްޤީ ހަޖަމުނުވެގެން، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގެންދަވަނީ ފިތުނަ އުފައްދަވަން މަސައްކަތް ކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ދާދިފަހުން ވިދާޅުވެފައިވަނީ ސަރުކާރުގެ "ރަސްމާލެ" މަޝްރޫޢަކީ ބޭކާރު ޚަރަދެއް ކަމަށާއި، އެއީ ބޮޑު "ވޭސްޓެއް" ކަމަށެވެ. މި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާޙް ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ މި ޤައުމުގައި ދުވަހަކުވެސް ނުހިންގާ ފަދަ ބިޔަ އަދި ތާރީޚީ މަޝްރޫޢެއް ކަމަށެވެ. އަދި މިފަދަ ބޮޑު މަޝްރޫޢެއް ސަރުކާރުން ފެށުމުން ރަސްމާލެ މަޝްރޫޢަކީ ބޭކާރު ޚަރަދެއް ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ފަލާޙް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.
ފަލާޙް ވިދާޅުވީ، ރަސް މާލެ މަޝްރޫޢޫ ފަދަ ބިޔަ މަޝްރޫއެއް ފަށަން ރައީސް މުޢިއްޒު ނިންމާފައިވާތީ، ރައީސް ޔާމީނަށް އަވަހާރަފުޅުލައްޕަވަން ދަތިވެގެން އުޅުއްވާ ކަމަށެވެ.
"ޔާމީނު މޭކަރާ ލޮލަށް ނިދިނައިސްގެން ތިއުޅެނީ މިޤަޢުމާއި ރައްޔިތުންނަށް ޔާމީނުގެ ހިތުގައި އެއްވެސް ކުލުނެއް ނެތީމަ. ތިކަހަލަ ޤަޢުމުގެ ޚަޒާނާ ކާލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ. އިންޝާﷲ." ފަލާހް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ފަލާޙް ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ އެއްވެސް ރޭވުމެއް ކާމިޔާބު ނުވާނެ ކަމަށާއި، އަމިއްލައަށް ވެރިކަން ކުރިގޮތް ހަނދާންކޮށްލުން ރަނގަޅުވާނެ ކަމަށެވެ.
"ކަރުދާސް ކޮޅެއްގައި ރައީސްގެ ނަން ޖަހާލައިގެން ބޯދަށައްލައިގެން ނިދާލާ ދެން. ތިއުޅެނީ ރައީސް މުޢިއްޒުގެ ވެރިކަމުން މިޤަޢުމަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ އެއްގޮތަކަށްވެސް ހަޖަމުނުވެގެން." ފަލާޙް ވިދާޅުވެފައިވެއެވެ.
ފަލާޙް މިހެން ވިދާޅުވެފައިވާއިރު، އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. މި އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ދިގު މުއްދަތަކަށް ބިން ދޫކޮށްގެން ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތަކުގެ އެއްބަސްވުންތަކަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ކަމަށެވެ.
އަދި މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ މި އެއްބަސްވުމުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައި ފާޑުވިދާޅުވެފައެވެ.
ރާއްޖޭގައި މި ބޮޑު މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުންޏަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ދުނިޔޭގެ ފެންވަރުގެ ކުންފުންޏެކެވެ. އޭގެ ތެރޭގައި އަބޫދާބީގެ ލުލު އައިލެންޑް ތަރައްގީކުރުމާއި، އަލްބޭނިއާގައި ކުރިއަށްގެންދާ 2.5 ބިލިއަން ޑޮލަރުގެ މެރީނާ މަޝްރޫއުގެ އިތުރުން ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު