ހުރިހާ ދިވެހި ރައްޔިތުންނަކީ ރިސޯޓުތަކުގެ ހިއްސާދާރުންގެ ގޮތުގައި ކަނޑައަޅައި، ސީދާ ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ތަރައްގީކުރާ ރިސޯޓުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ސަރުކާރުން 10 ރިސޯޓު ތަރައްޤީކޮށް އެތަންތަނުން ލިބޭ ފައިދާ ދިވެހި ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ޑޮލަރުން ޖަމާކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި އެއަމާޒަށް ވާސިލުވުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކެބިނެޓުގައި މަޝްވަރާކޮށް ނިންމާފައިވާ މި ނިންމުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ހަމަހަމަކަމާއެކު ބޭރު ފައިސާއިން އެމީހެއްގެ އެކައުންޓަށް ޖަމާކޮށް ދެއްވާނެ ކަމަށެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް މިއަދު ވިދާޅުވީ، ހުރިހާ ދިވެހިންނަށް ހިއްސާ ލިބޭ ގޮތަށް 10 ރިސޯޓު ހަދާނެ ތަންތަން މި ހަފުތާގެ ތެރޭގައި ކަނޑައަޅައި ނިމޭނެ ކަމަށެވެ. އަދި އުއްމީދަކީ ނޮވެމްބަރު މަހުގެ ތެރޭގައި މީގެ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މީގެ ނަތީޖާއަކަށް ވާނީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް ރިސޯޓް ޝެއާ ހޯލްޑަރަކަށް (ހިއްސާދާރަކަށް) ވެގެންދިއުން ކަމަށެވެ. އަދި މި ރިސޯޓުތައް ތަރައްގީކޮށް ހުޅުވިގެންދިޔުމާއެކު، ކޮންމެ ބޭފުޅެއްގެ އެކައުންޓަށް ސީދާ ޑޮލަރު ޖަމާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއްގައި ނަމަ، އެ އާއިލާގެ ކޮންމެ މެމްބަރަކަށް މަދުވެގެން 10 ރިސޯޓުގެ ހިއްސާދާރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް އަހަރަކު މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ." ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 އިން ފެށިގެން ކަމަށް ރައީސް އެދުވަހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު