ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކިއެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި ދޫކުރުމުގެ އެންމެހައި އިޚްތިޔާރުތަކާއި ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އެކުލަވާލި އައު ޤާނޫނީ އޮނިގަނޑުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ، މަޖިލީހުން ފާސްކުރި މުހިންމު ބިލުތަކެއް ތަސްދީގުކުރެއްވުމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ޤާނޫނަށް ރަސްމީކޮށް އަމަލުކުރަން ފެށުމަށް ހަމަޖެހިފަ
އިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި ޤާނޫނުގެ ދަށުން ފަޅުތަކާއި ފަޅުރަށްރަށް އެކި ފަރާތްތަކަށް ދޫކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ފުޅާ ދާއިރާއެއްގައި ލިބިގެންދެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށާއި، އެކި ބާވަތުގެ ސިނާއީ މަސައްކަތްތަކަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އިޖުތިމާއީ އަދި ދައުލަތުގެ އާންމު ބޭނުންތަކަށާއި އިޤްތިޞާދީ ހަރަކާތްތަކަށް ރަށްތައް ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން، ރަށެއް ދޫކުރާނެ ވަކި ބޭނުމަކާއި އެ ރަށެއް ބަލަހައްޓާނެ ސަރުކާރުގެ އިދާރާއެއް ކަނޑައެޅުމާއި، ދޫކޮށްފައިވާ ރަށްތައް އަނބުރާ ދައުލަތަށް ނެގުމާއި އެހެން ބޭނުމަކަށް ބަދަލުކުރުމުގެ އެންމެހައި ބާރުތައް ވެސް ޤާނޫނުން މަތިކޮށްފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ.
އައު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފަޅުރަށްރަށް އާންމު އުސޫލުން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 21 އަހަރުގެ މުއްދަތަކަށެވެ. އެހެންނަމަވެސް، އެ ރަށަކާ ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާއަކަށް ނުވަތަ ލޯކަލް ކައުންސިލްތަކަށް އެ މުއްދަތު 50 އަހަރާ ހަމައަށް އިތުރުކޮށްދިނުމުގެ އިޚްތިޔާރު ވަނީ ދީފައެވެ.
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރާނެ އެންމެ ކުޑަ އަގުތަކަށް ބަލާއިރު، ސިނާއީ އަދި އިޤްތިޞާދީ ބޭނުންތަކަށް އަކަމީޓަރަކަށް އަހަރަކު 3.00 ރުފިޔާ ނެގުމަށް ވަނީ ކަނޑައަޅާފައެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުންތަކަށް އަކަމީޓަރަކަށް އަހަރަކު 2.50 ރުފިޔާ، އިޖުތިމާއީ ކަންކަމަށް ދޫކުރާ ބިންތަކަށް އަކަމީޓަރަކަށް އަހަރަކު 2.00 ރުފިޔާ އަދި މަސްވެރިކަމުގެ ބޭނުމަށް ފަޅުތައް ކުއްޔަށް ދިނުމަށް އަކަމީޓަރަކަށް އަހަރަކު 0.50 ރުފިޔާ ނެގުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ދައުލަތުގެ މިލްކިއްޔާތުގައިވާ މިފަދަ ވަސީލަތްތައް ދޫކުރުމުގައި ނަޒާހާތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކުއްޔަށް ދޫކުރެވޭ ގޮތުގެ ތާވަލާއި ފަޅުރަށްރަށާ ގުޅޭ އެންމެހައި ތަފްސީލުތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގަވާއިދުން ހިއްސާކުރަންޖެހޭނެ ކަމަށް ވެސް މި ޤާނޫނުގައި ވަނީ ލާޒިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު