މުޖުތަމަޢުގައި އަށަގަންނަމުންދާ ނޭދެވޭ ކަންކަން ހުއްޓުވައި، އިޖުތިމާޢީ އަދި އަޚުލާޤީ ގޮތުން މުޖުތަމަޢު އިޞްލާޙު ކުރުމަކީ އެންމެހައި ފަރުދުންނާއި ޖަމާޢަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ދީނީ އަދި ޤައުމީ ޒިންމާއެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްޞަކޮށްފައިވަނީ "މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ" މި މައުޟޫޢަށެވެ. ޚުތުބާގައި ބުނެފއިވަނީ ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އަމާންކަމާއި އަޚުވަންތަކަމާއެކު އުޅެމުން އައި ބަޔަކަށް ވީނަމަވެސް، ފަހަކަށް އައިސް މުޖުތަމަޢުގެ އަޚުލާޤީ ފޭރާމަށް އަންނަމުންދާ ބަދަލުތަކާމެދު ކޮންމެ މީހަކުވެސް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.
މުޖުތަމަޢުގައި ފެންނަ ނޭދެވޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، މައިންބަފައިންނަށް ނުކިޔަމަންތެރިވެ، އެ މީހުން މުސްކުޅިވާ ދުވަހު އަޅައިނުލައި ދޫކޮށްލުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ ޢުމުރުގައި ބަރަކާތްލައްވައި ސުވަރުގެ ވަނުމަށް އޮތް މަގެއްކަން ބަޔާންކޮށް، ހޮސްޕިޓަލްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުތަކުގައި މައިންބަފައިން އެކަނިވެރިކޮށްފައި ދޫކޮށް ނުލުމަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.
މީގެ އިތުރުން، މިސްކިތްތަކުގެ ޙުރުމަތް ކެނޑޭގޮތަށް ނަމާދުން ފައިބައިގެން މިސްކިތް ދޮށުގައި ތިބެ ޣީބަބުނުމާއި، މީސްތަކުންގެ އަބުރާ ބެހުމާއި، ދޮގު ވާހަކަ ފެތުރުން ފަދަ ކަންކަން ހުއްޓާލުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި ވިޔަފާރީގެ މުޢާމަލާތްތަކުގައި ތެދުވެރިވެ، މަކަރާއި ޙީލަތް ހެދުމުން ދުރުހެލިވެ، މުދަލު ޒަކާތް ދެއްކުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން ބިނާކުރާ ހަށިގަނޑަކީ ނަރަކައަށް ޙައްޤުވެގެންވާ ހަށިގަނޑެއްކަން ހަނދާންކޮށްދީ، ބަންގީގެ އަޑު އިވުމުން ދުންޔަވީ ވިޔަފާރިތައް ހުއްޓާލައި ނަމާދަށް އަވަސްވެގަތުމުގެ މުހިންމުކަންވެސް ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާ ނިންމާލަމުން، މުޖުތަމަޢުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އަޅައިލުމުގެ މުހިންމުކަމުގެ މައްޗަށް ބަލާލާފައިވެއެވެ. އެގޮތުން ކުޑަކުދިންގެ ހިޔާ ފަދަ މަރުކަޒުތަކުގައި ދިރިއުޅޭ ޔަތީމު އަދި އެކަނިވެރި ކުދިންނަށާއި، ތެލެސީމިއާ ފަދަ ލޭ އަޅަންޖެހޭ ބަލިތައް ތަޙައްމަލުކުރަމުންދާ ކުދިންނަށް އެހީތެރިކަމާއި އޯގާތެރިކަން ދިނުމަކީ މަތިވެރި ޘަވާބާއި ދަރުމަ ލިބޭނޭ އިންސާނީ އަދި ދީނީ ޚިދުމަތެއްކަމުގައި ޚުތުބާގައި ހަނދާންކޮށްދިނެވެ.

ކިޔުންތެރިންގެ ހިޔާލު