މާލޭގެ މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައިގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ހަތަރު ބިދޭސީއަކަށް އަނިޔާވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 5:27 ހާއިރު ހިނގި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ ދެ މީހުންނެވެ.
ހޮސްޕިޓަލުން ދީފައިވާ މައުލޫމާތާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދޭ ގޮތުގައި އެގޭގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު