ދިވެހިރާއްޖޭގައި ސައިޓޯޓޮކްސިކް ކުނި ނުވަތަ ސިއްހީ ޚިދުމަތްތަކުން އުފެދޭ ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު މެނޭޖުކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅައި، އެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން، ސައިޓޯޓޮކްސިކް ކުނި ރައްކާކުރުމާއި ނައްތާލުމަށް ޚާއްޞަ ފެސިލިޓީއެއް ޤާއިމުކޮށް ހިންގުމަށްޓަކައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި ފެސިލިޓީ ޤާއިމުކުރެވި އަމަލީ ގޮތުން ހިންގަން ފެށުމުން، ޚާއްޞަކޮށް ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ކީމޯތެރަޕީގެ ޚިދުމަތްތަކުން އުފެދޭ ނުރައްކާތެރި ކުނި އެކަށީގެންވާ ރައްކާތެރި މިންގަނޑުތަކެއްގެ ތެރެއިން މެނޭޖުކުރުމަށް ރާއްޖެއަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ފަދަ ޚިދުމަތްތެރިންނާއި، ކުނި އުކާލުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންނާއި ރާއްޖޭގެ ނާޒުކު ތިމާވެށި، ސައިޓޯޓޮކްސިކް ކުނީގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ބޮޑެތި ގެއްލުންތަކާއި ތިމާވެށީގެ ނުރައްކާތަކުން ރައްކާތެރިކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
މި މުހިންމު މަސައްކަތަކީ 'ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ' (ޖީ.އީ.އެފް) ގެ މާލީ އެހީތެރިކަމާއެކު، 'ރިވިއު އެންޑް އަޕްޑޭޓް އޮފް ދަ ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ފޯ ދަ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް އިން މޯލްޑިވްސް' މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި 'އެލިމިނޭޓިންގް ޕީ.އޯ.ޕީސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' މަޝްރޫއުގެ ފަރާތުން ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ސިއްހީ ނިޒާމާއި ކުނި މެނޭޖުކުރުމުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

A major step towards safer management of cytotoxic waste in Maldives.
— Min. of Climate Change, Environment and Energy, MV (@MoEnvmv) August 19, 2026
Ministry of Climate Change, Environment and Energy, @aeh_mv and @WAMCOmv signed a tripartite MoU to establish and operationalise a cytotoxic waste treatment and storage facility.
The facility will provide a… pic.twitter.com/W2mBZAT55F
މި މުހިންމު މަސައްކަތަކީ 'ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ' (ޖީ.އީ.އެފް) ގެ މާލީ އެހީތެރިކަމާއެކު، 'ރިވިއު އެންޑް އަޕްޑޭޓް އޮފް ދަ ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ފޯ ދަ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް އިން މޯލްޑިވްސް' މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި 'އެލިމިނޭޓިންގް ޕީ.އޯ.ޕީސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' މަޝްރޫއުގެ ފަރާތުން ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ސިއްހީ ނިޒާމާއި ކުނި މެނޭޖުކުރުމުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ހިޔާލު