މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ގްރޭޓަރ މާލެ ސަރަޙައްދުގައި ދެމުން އަންނަ "މާލެ ޓެކްސީ ލައިން" ގެ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް ލީކުކޮށްލާފައިވަނީ އެ ކުންފުނީގެ މުވައްޒަފަކު ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް، ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއްކަން އެތެރޭގެ ތަޙުޤީޤުން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ މުވައްޒަފު މި އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަޤްޞަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި ބަދަލުތައް ކުންފުނީގެ އައިޓީ ނެޓްވޯކް ސެކިއުރިޓީ ޓީމުގެ ސަމާލުކަމަށް އައުމާއެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެވުނު ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ކުންފުނީގެ ސާވަރާއި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ 11:30 ހާއިރު ރައްކާތެރިކަމާއެކު ރިސްޓޯކޮށް، މިހާރު ޚިދުމަތް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. މީގެއިތުރުން، މިއީ އެޕްލިކޭޝަންގެ ފަޔަވޯލްއަށް ބޭރުން ހަމަލާއެއް ދީގެން ހިންގާފައިވާ ހެކް ކުރުމުގެ އަމަލެއް ނޫން ކަމަށާއި، މިހާރު ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ލިބޭނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
މި ނޭދެވޭ އަމަލު ހިންގި މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައެވެ. އަދި ކުންފުނީގެ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މިފަދަ ކަންކަމުގެ މަޤްޞަދަކީ ކުންފުނިން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ އިތުބާރާއި ރީތި ނަން ކިލަނބުކުރުން ކަމަށް ދެކޭ ކަމަށާއި، ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްޤުތައް ހިމާޔަތްކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ޝުކުރު އަދާކުރަމުން އެމްޓީސީސީން ބުނީ، އެ ކުންފުނީގެ އަބަދުވެސް މަޤްޞަދަކީ ކަނޑައެޅިފައިވާ ހެޔޮ އަގުގައި ވީހާވެސް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު