ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ބޭނުންކުރާ އެޕްލިކޭޝަން ހެކްކޮށް، ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތަކެއް ލީކުކޮށްލައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޓެކްސީ އެޕްލިކޭޝަން ހެކް ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މި އެޕްލިކޭޝަން ހެކް ކުރުމަށްފަހު ބައެއް ޑްރައިވަރުންގެ ނަން ވެސް ވަނީ ބަދަލުކޮށްފައެވެ.
މީސްމީޑިއާގައި ލީކުކޮށްލާފައިވާ މައުލޫމާތުތަކުގެ ތެރޭގައި އެޕްލިކޭޝަނުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ނަންތަކާއި، ފޯނު ނަމްބަރާއީ، އީމެއިލް އެޑްރެސްގެ އިތުރުން ވޮލެޓު އައިޑީ އާއި، ކަސްޓަމަރުން ކޮށްފައި ހުރި މެސެޖުތަކާއި، ކުރި ދަތުރުތައް ހިމެނެއެވެ. މިކަމުގެ ސަބަބުން ރޭގެ ވަގުތުތަކުގައި ހިދުމަތަށް ބުރޫއެރި ނަމަވެސް މިހާރު އެޕްލިކޭޝަން ބޭނުން ކުރެވޭ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިއީ، މި އަހަރުގެ އޭޕްރިލް 2 ގައި ޓެކްސީ ހިދުމަތް އިފުތިތާހުކުރި ފަހުން ކަސްޓަމަރުންގެ މަޢުލޫމާތު ތަކެއް ލީކުވީ ދެވަނަ ފަހަރެވެ.
މިހާރު ބޭނުންކުރާ އެޕްލިކޭޞަން ބޭނުން ކުރަން ފެށީ، ހިދުމަތް ފެށިތާ ދެ މަސް ފަހުން މިދިޔަ ޖޫން 2 ގައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އެޕްލިކޭޝަނަކީ އެމްޓީސީސީގެ އައިޓީ ޑީޕާޓުމަންޓުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު