އަޔުޝްމަން ކުރާނާ އާއި ސާރާ އަލީ ޚާންގެ ފިލްމު "އުޅްތާ ތީރު" ރިލީޒްކުރާ ތާރީޚަށް ބަދަލު ގެނެސްފިއެވެ. ކުރިން މި ސެޕްޓެމްބަރު މަހު ރިލީޒްކުރަން އޮތް މި ފިލްމު މިހާރު ތާވަލުކުރެވިފައިވަނީ 2026 ވަނ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހަށެވެ. މި ބަދަލާއެކު، އަކްޝޭ ކުމާރާއި ސައިފް އަލީ ޚާންގެ "ހައިވާން" އާ އެއް ދުވަހެއްގައި ފިލްމު ރިލީޒްވުމުން ކުރިމަތިވެދާނެ ވާދަވެރިކަމުން މިވަނީ ސަލާމަތްވެފައެވެ.
ދަރްމާ ޕްރޮޑަކްޝަންސް އާއި ސިކްޔާ އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ މި ފިލްމަކީ މަޖާ، ހަލަބޮލި އަދި މުޅި އާއިލާއަށް ބަލާލެވޭނެ ފަދަ މުނިފޫހިފިލުވައިދޭ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މިއީ އާކާޝް އޭ ކޯޝިކް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ކަރަން ޖޯހަރް، އަދަރު ޕޫނަވާލާ، އަޕޫރްވާ މެހެތާ، ގުނީތު މޮންގާ ކަޕޫރު އަދި އަޗިން ޖެއިން އެވެ.
"އުޅްތާ ތީރު" އަކީ "ޕަތީ ޕަތްނީ އައުރް ވޯ 2" އަށް ފަހު ސާރާ އާއި އަޔުޝްމަން އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ. "ޕަތީ ޕަތްނީ އައުރް ވޯ 2" ގައި މި ދެ ތަރިންގެ އިތުރުން ރަކުލް ޕްރީތު ސިންގް އަދި ވަމީގާ ގައްބީ ވެސް ހިމެނެއެވެ.
ކާރްތިކް އާރްޔަން، ބޫމީ ޕެޑްނޭކަރު އަދި އަނަންޔާ ޕާންޑޭގެ މުހިންމު ރޯލުތަކުން ފެނިގެންދިޔަ "ޕަތީ ޕަތްނީ އައުރް ވޯ" ގެ ފުރަތަމަ ބައި ރިލީޒްކުރީ 2019 ވަނަ އަހަރެވެ. އެއީ 1978 ވަނަ އަހަރު ނިކުތް އެ ނަމުގެ ފިލްމުގެ އާ އުފެއްދުމެކެވެ.
މީގެ އިތުރުން، ކުރިއަށް އޮތް މަސްތަކުގައި އަޔުޝްމަންގެ އިތުރު ފިލްމެއް ކަމަށްވާ ސޫރަޖް ބަރްޖަތިއާގެ "ޔޭ ޕްރޭމް މޯލް ލިޔާ" ވެސް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. ރާޖްޝްރީ ޕްރޮޑަކްޝަންސް އާއި މަހާވީރު ޖެއިން ފިލްމްސް ގުޅިގެން އުފައްދާ މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ އަޔުޝްމަން އާއި ޝަރުވަރީ އެވެ. މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދެނީ "ޕްރޭމް ރަތަން ދަން ޕާޔޯ" ގައި ވެސް ބަރްޖަތިއާ އާއެކު މަސައްކަތްކުރި ހިމޭޝް ރޭޝަމިއްޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު