މިއަދު ބޭއްވި ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގައި ބ. ދޮންފަނުގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމާ ގުޅިގެން، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ސަރުކާރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ނަތީޖާއަށް އަލިއަޅުއްވާލައްވައި ޑރ. ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮންފަނު ރައްޔިތުން މި ސަރުކާރަށް ދިނީ ވަރަށް ސާފު މެސެޖެއް ކަމަށެވެ. އެ މެސެޖަކީ ފައިސާ ދީގެން ނުވަތަ ނުފޫޒު ފޯރުވައިގެން ރައްޔިތުން "މުންޑުޓީމަކަށް" ނުގަނެވޭނެކަން ކަމަށް އޭނާ ވިދާޅުވިއެވެ.
ދޮންފަނު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރި އުމުރުން އެންމެ 20 އަހަރުގެ އާމިނަތު ރަފާހެވެ. މި ކާމިޔާބީއާ ގުޅިގެން ރަފާހަށް މަރުހަބާ ދަންނަވަމުން ޝަމްހީދު ވިދާޅުވީ، "އުމުރުން އެންމެ 20 އަހަރުގެ ރަފާހް ދޮންފަނު ބައި-އިލެކްޝަން ކާމިޔާބު ކޮށްފި. ދޮންފަނު ރައްޔިތުން މި ސަރުކާރަށް ތިދިނީ ވަރަށް ސާފް މެސެޖެއް، ފައިސާއަކަށް ދެން މުންޑުޓީމަކަށް ތިމަންނަމެން ނުގަނެވޭނެއޭ" މިފަދައިންނެވެ.
މީގެ އިތުރުން، މި އިންތިހާބުގެ ކެމްޕެއިން މަސައްކަތުގައި އިސްކޮށް އުޅުއްވި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރަށް ވެސް ޑރ. ޝަމްހީދު ވަނީ ސާބަސް ދެއްވައި މަރުހަބާ ވިދާޅުވެފައެވެ.
މި އިންތިހާބަކީ ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެދުގައި ފޯރިގަދަ ވާދަވެރިކަމެއް އުފެދުނު އިންތިހާބެކެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.

އުމުރުން އެންމެ 20 އަހަރުގެ ރަފާހް ދޮންފަނު ބައި އިލެކްޟަން ކާމިޔާބު ކޮއްފި. ދޮންފަނު ރައްޔިތުން މިސަރުކާރަށް ތިދިނީ ވަރަށް ސާފް މެސެޖެއް، ފައިސާއަކަށް ދެން މުންޑުޓީމަކަށް ތިމަންނަމެން ނުގަނެވޭނެއޭ…، ސާބަހޭ ރަފާހް އަދި މެމްބަރ @MateyZakir.
— Ahmed Shamheed (@Ashamhyd) April 18, 2026
މީގެ އިތުރުން، މި އިންތިހާބުގެ ކެމްޕެއިން މަސައްކަތުގައި އިސްކޮށް އުޅުއްވި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރަށް ވެސް ޑރ. ޝަމްހީދު ވަނީ ސާބަސް ދެއްވައި މަރުހަބާ ވިދާޅުވެފައެވެ.
މި އިންތިހާބަކީ ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެދުގައި ފޯރިގަދަ ވާދަވެރިކަމެއް އުފެދުނު އިންތިހާބެކެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު