ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން 500 މުވައްޒަފުން ވަކިކުރަން އަންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް މައުލޫމާތެއް ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން "ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވަކި އަދަދެއް ކަނޑައަޅައިގެން އެ އަދަދަށް މީހުން ވަކިކުރުމަށް ނޫން ކަމަށެވެ. އަދި ރައީސްގެ ސިޔާސަތުތަކަށް އިޚްލާސްތެރިކަމާއެކު އެންމެ ފުރިހަމަ އެއްބާރުލުން ދެއްވޭނެ ބޭފުޅުން އެބޭފުޅެއްގެ ފަންނުވެރިކަމާ ގުޅުންހުރި ދާއިރާއެއްގައި ހުންނަވާނެ ކަމަށް މުންދު ވިދާޅުވިއެވެ.
ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، މަޤާމުތަކުން ވަކިކުރާނެ މުވައްޒަފުންގެ އަދަދު އެނގޭނީ މިހާރު ކުރިއަށްދާ ޕާފޯމެންސް ރިޕޯޓްތައް ބަލައި އިވެލުއޭޓް ކުރުމަށްފަހުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި ސަރުކާރުގެ "ޓާގެޓް" ވަކި ޢަދަދެއް ނެތްކަމަށް ތަކުރާރުކޮށް މުންދު ވިދާޅުވެފައިވެއެވެ.
މުންދު ވިދާޅުވީ، ދަތުރުފަތުރާއި، މަދަނީ އުދުހުންތަކާބެހޭ ވުޒާރާ ދެބައިވެ، އެއްބައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ދަށަށް އަދި އަނެއް ބައި އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ދަށަށް ދިޔަ ނަމަވެސް ކުރީގެ ވުޒާރާގައި ތިއްބެވި ބޭފުޅުންގެ އިވެލުއޭޝަން ރިޕޯޓަށް ބެލުމަށްފަހު ޤާބިލު ބޭފުޅުން އެބޭފުޅުންނާ ގުޅޭ ވުޒާރާއަށް ބަދަލުވެގެން ދާނެ ކަމަށެވެ.
"ސިޓީސް މިނިސްޓްރީ އުވާލެއްވި ނަމަވެސް މަޤާމުތަކުގައި ތިއްބެވި ޤާބިލް ހަރުދަނާ ބޭފުޅުން އެބޭފުޅުންގެ ބޭނުން ހިފޭނެ ދާއިރާތަކަށް އައްޔަނު ކުރެވޭނެ." މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ، ގާތްގަނޑަކަށް ހުރިހާ މިނިސްޓްރީތަކެއްގެ މެންޑޭޓަށް އައި ބަދަލުތަކާއެކު އޮނިގަނޑު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ރައީސް އޮފީހުގެ އެންގުމަށް ހުރިހާ ސިޔާސީ މުވައްޒަފުންގެ ޕާފޯމެންސް ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީތަކުން ކުރަމުންދާއިރު، މިއީ ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ އާންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް ހުރިހާ ރިޕޯޓެއް ލިބި އިވެލުއޭޝަންތައް އެއްކޮށް ނިމެންދެން ސަރުކާރުން މަޑު ނުކުރާނެ ކަމަށާއި، ރިޕޯޓްތައް ލިބި އިވެލުއޭޝަންތައް ނިމެމުންދާ ވަރަކަށް މުވައްޒަފުން ވަކިކުރުމާއި، އެކި ތަންތަނަށް އަލުން އެސައިން ކުރުމުގެ މަސައްކަތް ކުރަމުންދާކަން މުންދު ފާހަގަ ކުރެއްވިއެވެ.
އޭގެއިތުރުން މި އިވެލުއޭޝަންތަކުގެ މައިގަނޑު ބޭނުމަކީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން ކަމަށާއި، ސަރުކާރުގެ އަމާޒަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ނަތީޖާ ނެރެދޭ، ގާބިލު ބޭފުޅުންނަށް ހެދުން ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު