ގައުމަށް ދިމާވެފައިވާ އިގްތިސާދީ އަދި ހިންގުމުގެ ނިޒާމުގެ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.
ފައްޔާޒު މިކަމަށް ގޮވާލެއްވީ ސަރުކާރުގެ ކެބިނެޓަށް އަންނަމުންދާ ބަދަލުތަކާއި ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އެގޮތުން ފައްޔާޒް ވިދާޅުވީ، މުޅި ކެބިނެޓް ފޭލްވަމުން ދިއުމަކީ ވަކިވަކި ހާދިސާތަކެއް ނޫން ކަމަށެވެ. އަދި މިއީ ސަރުކާރުގެ ހަމަޖެހުމެއް ނެތްކަމާއި، ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް ތާއީދު ކުޑަވަމުންދާކަމުގެ ސާފު ހެއްކެއް ކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ސަރުކާރުގެ ނާޤާބިލް ސިޔާސަތުތައް ތަހައްމަލު ނުކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭގެއިތުރުން އޭނާ ވިދާޅުވީ، ގައުމީ މަސްލަހަތަށްޓަކައި ރައީސް މުއިއްޒު ހުރިހާ ސިޔާސީ ޕާޓީތަކެއް އެއް މޭޒަކަށް ގެންނަވައި، އިގްތިސާދީ ހަމަޖެހުމާއި ހިންގުމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލެއް ހޯއްދަވަން ޖެހޭ ކަމަށެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބަށްފަހު ސަރުކާރުން ދަނީ ދަޢުލަތުގެ އިސް މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ. އެގޮތުން މިއަދުގެ މިހާތަނަށް ނުވަ މިނިސްޓަރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި މީގެކުރިން ދައުލަތުގެ ބައެއް ކުންފުނިތަކުގެ ހިންގުމަށްވެސް ދަނީ ބަދަލުތަކެއް ގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު