ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގައި "ތިލަފަތް" ނުވަތަ އެމްޑީޕީގެ ފިކުރު ނެތްނަމަ، މިއަދު މި ޤައުމުގައި އޮންނާނީ ރަސްކަމެއް ކަމަށް މޭޖަރ ރިޓަޔަރޑް އިބްރާހީމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ މީސްމީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ. އެގޮތުން އާޒިމްގެ ވާހަކަފުޅުގައި ވަނީ، ރައްޔިތުންގެ ފުދުންތެރިކަން ޔަޤީންކުރުމަށްޓަކައި ދޮށީ އުމުރުގެ ޕެންޝަން ދެމެހެއްޓުމާއި، ހިލޭ ބޭސްފަރުވާގެ ނިޒާމާއި ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ރައްޔިތުންގެ ބަސް އިއްވުމަށްޓަކައި "ތިލަފަތް" ހިމާޔަތްކުރުމަށް ގޮވާލައްވާފައެވެ.
އޭނާ ވިދާޅުވީ، ތިލަފަތް އަބަދުވެސް ސާބިތުކަމާއެކު ދެމިއޮތީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ.
މިހާރުގެ ސަރުކާރުގެ ހިންގުމުގެ އުޞޫލުތަކަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ، ރައްޔިތުންގެ ތާއީދާއި ލޯތްބާއެކު މި ޤައުމުގައި ވެރިކަން ކުރެއްވި އިއްޒަތްތެރި ބޭފުޅުންގެ ބަސްމަގުން އެނގެނީ، މިހާރުގެ ސަރުކާރުން ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އިދިކޮޅު ޕާޓީތަކާއި ކުރީގެ ވެރިންނާ މަޝްވަރާ ނުކުރާކަން ކަމަށެވެ. އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތުމުން، ވެރިކަމުގެ ބާރުތައް ދެމިއޮންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ފުންކޮށް ވިސްނާލާއިރު ވެރިކަން ކުރެއްވި ވެރިން އެ ބުނަނީ ފާޅުގައި 'ނޫނެކޭ'. އޭގެ މާނައަކީ ރައްޔިތުން 'ނޫނެކޭ' ބުނުން." އާޒިމް ވިދާޅުވިއެވެ. ހަމައެއާއެކު އޭނާ ވިދާޅުވީ، ކުރީގެ ވެރިންގެ ތަޖުރިބާއަށް ބަލައި 'ނޫނެކޭ' އެ ބުނަނީ ރައްޔިތުންގެ ބާރު ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފަޅިއަށް ބުރަވެ ތިބެގެން ކަމަށެވެ.
އެހެންކަމުން ޤައުމުގެ ބޮޑެތި ވިޔަފާރިވެރިންނާއި ސިޔާސީ މަހުޖަނުން ސަރުކާރާއެކު ތިބި ނަމަވެސް، ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގައި "ނޫނެކޭ" ބުނުމަށް އާޒިމް އިލްތިމާސް ކުރެއްވިއެވެ. މިއީ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށާއި، ރައްޔިތުންގެ ބާރު ދެމިއޮތުމަށް ލިބޭ ފުރުޞަތުގައި "ނޫނެކޭ" އަށް ވޯޓު ދިނުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އާޒިމްގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، ރައްޔިތުން ދޭ ވޯޓަކީ ނަތީޖާއެއް ކަމަށާއި، އޭގައި ހިތިކަމާއި ފޮނިކަންވެސް އެކުލެވިގެންވާނެ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ބާރު އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް މޭޖަރ އާޒިމް ވާހަކަފުޅު ދައްކަވާފައިވާއިރު، ރާއްޖޭގައި ވެރިކަން ކުރެއްވި 4 ރައީސުންވެސް ވަނީ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް ގޮވާލައްވާފައެވެ.

"ތިލަފަތް" ނެތްނަމަ މިއަދު މިޤައުމުގައި އޮތީހީ ރަސްކަން! ދެންވެސް ރައްޔިތުންގެ ފުދުންތެެރިކަން ޔަޤީންކުރުމަށް ދޮށީއުމުރުގެ ޕެންޝަންދަމަހައްޓާ ހިލޭބޭސްފަރުވާ، ބޯހިޔާވަހިކަން ކަށަވަރުކުރުމަށް، ރައްޔިތުންގެ ބަސް އިއްވުމަށް "ތިލަފަތް" ހިމާޔަތްކުރޭ! ޞާބިތުކަމާއެކު "ތިލަފަތް"…
— Ibrahim Azim (@IbrahimAzim9) April 2, 2026
މިހާރުގެ ސަރުކާރުގެ ހިންގުމުގެ އުޞޫލުތަކަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ، ރައްޔިތުންގެ ތާއީދާއި ލޯތްބާއެކު މި ޤައުމުގައި ވެރިކަން ކުރެއްވި އިއްޒަތްތެރި ބޭފުޅުންގެ ބަސްމަގުން އެނގެނީ، މިހާރުގެ ސަރުކާރުން ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އިދިކޮޅު ޕާޓީތަކާއި ކުރީގެ ވެރިންނާ މަޝްވަރާ ނުކުރާކަން ކަމަށެވެ. އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތުމުން، ވެރިކަމުގެ ބާރުތައް ދެމިއޮންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ފުންކޮށް ވިސްނާލާއިރު ވެރިކަން ކުރެއްވި ވެރިން އެ ބުނަނީ ފާޅުގައި 'ނޫނެކޭ'. އޭގެ މާނައަކީ ރައްޔިތުން 'ނޫނެކޭ' ބުނުން." އާޒިމް ވިދާޅުވިއެވެ. ހަމައެއާއެކު އޭނާ ވިދާޅުވީ، ކުރީގެ ވެރިންގެ ތަޖުރިބާއަށް ބަލައި 'ނޫނެކޭ' އެ ބުނަނީ ރައްޔިތުންގެ ބާރު ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފަޅިއަށް ބުރަވެ ތިބެގެން ކަމަށެވެ.
އެހެންކަމުން ޤައުމުގެ ބޮޑެތި ވިޔަފާރިވެރިންނާއި ސިޔާސީ މަހުޖަނުން ސަރުކާރާއެކު ތިބި ނަމަވެސް، ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގައި "ނޫނެކޭ" ބުނުމަށް އާޒިމް އިލްތިމާސް ކުރެއްވިއެވެ. މިއީ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށާއި، ރައްޔިތުންގެ ބާރު ދެމިއޮތުމަށް ލިބޭ ފުރުޞަތުގައި "ނޫނެކޭ" އަށް ވޯޓު ދިނުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ތާއީދާއި ލޯތްބާއެކު މިޤައުމުގެވެރިކަންކުރެއްވި އިއްޒަތްތެރިވެރިންގެ ބަސްމަގުން އިނގެނީ، މިއަދު ވެރިކަމުގައި އޮތް ސަރުކާރުން، ރައްޔިތުންނާއި ގުޅުންއޮތް ޤައުމީ މަސްލަހަތު ހިމެނޭކަމެއްގައި އިދިކޮޅު ސިޔާސީ ޕާޓީތަކާއި އަދި ވެރިކަންކުރެއްވި ވެރިންނާއި މަޝްވަރާގެ އުޞޫލު…
— Ibrahim Azim (@IbrahimAzim9) April 2, 2026
އާޒިމްގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، ރައްޔިތުން ދޭ ވޯޓަކީ ނަތީޖާއެއް ކަމަށާއި، އޭގައި ހިތިކަމާއި ފޮނިކަންވެސް އެކުލެވިގެންވާނެ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ބާރު އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް މޭޖަރ އާޒިމް ވާހަކަފުޅު ދައްކަވާފައިވާއިރު، ރާއްޖޭގައި ވެރިކަން ކުރެއްވި 4 ރައީސުންވެސް ވަނީ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު