އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. އިބްރާހީމް ޔާސިރު އަޙްމަދު މަގާމުން ވަކިކުރަށްވައި، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަޙްމަދު ޢަދީލް ނަސީރު އައްޔަންކުރަށްވައިފިއެވެ.
ޑރ. ޔާސިރު އޭއީއެޗްގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވީ މިއަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް، ޑރ. ޔާސިރު މަގާމުން ވަކިކުރަށްވައި، ޑރ. ޢަދީލް އެ މަގާމަށް އައްޔަންކުރެއްވި ސީދާ ތާރީޚެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ. މަގާމުން ވަކިކުރެއްވި ޑރ. ޔާސިރަކީ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެކެވެ. އޭނާ ވަނީ މީގެ ކުރިން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ އިތުރުން މެޑިކާ ހޮސްޕިޓަލުގައިވެސް ޚިދުމަތް ކުރަށްވާފައެވެ.
އޭއީއެޗްގެ އާ ސީއީއޯ ޑރ. އަޙްމަދު ޢަދީލް ނަސީރަކީ ސްކޫލް މެނޭޖްމަންޓްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރަށްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރަށްވާފައެވެ. އެގޮތުން 2014 އިން 2019 އަށް އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން އޭނާ ވަނީ ކުރަށްވާފައެވެ.
ތައުލީމީ ދާއިރާގެ އިތުރުން ޑރ. ޢަދީލަކީ ސިޔާސީ ދާއިރާގައިވެސް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. ސިޔާސީ މައިދާނުގައި އަދީލްގެ ނަން ފާހަގަވާންފެށީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ރަނިން މޭޓުގެ ގޮތުގައެވެ.
އޭގެފަހުން މިހާރު ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ޕްރައިމަރީގައި ނަން ހުށަހެޅުއްވި ނަމަވެސް، މިދިޔަ ޑިސެންބަރު މަހު ބޭއްވި ޕްރައިމަރީއާ ގާތްވެފައި ވަނިކޮށް އޭނާ ވަނީ ނަން އަނބުރާ ގެންދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު