އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާ ގުޅިގެން ސިޔާސީ މަސްރަހު ނުތަނަވަސް ވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން ދަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަމުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކެމްޕެއިން ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވީ، ސަރުކާރުގެ މިހާރުގެ އަމަލުތައް ހުރި ގޮތުން އިންތިޚާބު ނިމުމާއެކު ރައްޔިތުންނަށް އެތައް ގޮތަކުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ވަހީދު ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތަކީ ވަރަށް ނާޒުކު ހާލަތެއް ކަމަށެވެ.
ޚާއްޞަކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ކަމަށްވާ ތެލާއި ގޭސް ފަދަ ތަކެތި ހޯދުމުގައި ބޮޑެތި ދަތިތަކެއް ހުރި އިރު، އެ މައްސަލަތަކަށް ސަރުކާރުން އެކަށީގެންވާ ސީރިއަސްކަމެއް ނުދޭ ކަމަށް އޭނާ ވަނީ ތުހުމަތު ކުރަށްވާފައެވެ. ހަމައެއާއެކު ސަރުކާރުގެ އިސްވެރިން ކެމްޕެއިން ހަރަކާތްތަކުގައި ހޭބޯނާރާ އުޅުއްވާއިރު، ރައްޔިތުންގެ ދިރިއުޅުމުގެ އަސާސީ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދިނުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށްވެސް އޭނާ ވަނީ ސިފަކުރަށްވާފައެވެ.
"މިފަދަ ހާލަތެއްގައި އިންތިޚާބީ ކަންކަމަށް އެކަނި އިސްކަން ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް." ވަހީދު ވިދާޅުވިއެވެ.
ވަޙީދު ވިދާޅުވީ،، މި އިންތިޚާބު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ، ރައްޔިތުންނަށް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ހަނިވެ، ހުދުމުހުތާރު ވެރިކަމެއްގެ އަސަރުތައް ފެންނަން ފަށާނެ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއާއެކު ރައްޔިތުންނަށް އުނދަގޫވާނެ ފަދަ ފިޔަވަޅުތަކެއް ސަރުކާރުން އެޅުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެކަމަށް ދުރާލައި ތައްޔާރުވުމަށް ވަހީދު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އަބްދުﷲ ވަހީދުގެ ވާހަކަ ނިންމަވާލައްމުން ވިދާޅުވީ، ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމުގެ ބަދަލުގައި ސަރުކާރުން ހަމައެކަނި ކެމްޕެއިނަށް އިސްކަންދިނުމަކީ ހެޔޮ ވެރިކަމެއްގެ ނިޝާން ނޫން ކަމަށެވެ.
ވަޙީދު މިހެން ވިދާޅުވެފައިވާއިރު، އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި ތެލާއި، އެހެނިހެން ޟަރޫރީ ކާބޯތަކެތީގެ އަގުތައްވެސް ވަނީ އުފުލުފައެވެ. އަދި އެކަމުގައި ސަރުކާރުގެ އެކަށީގެންވާ ސީރިއަސްކަމެއް ނެތްކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު