ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް ބުނެ ސަރުކާރުން ފަތުރަނީ "ބުހުތާނު ދޮގު" ކަމަށް ކުރީގެ އިގުތިސާދީ ވަޒީރު އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޤާނޫނީ ފަންނުގެ އިސްބޭފުޅުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން އަޙްމަދު މުޙައްމަދު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލައިގެން "ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަކަށް ޖެހޭ ހަރަދުން އަހަރަކު ސަލާމަތް ކުރެވެނީ އެންމެ 5 ލާރި" ކަމަށެވެ.
އެކަމުގެ ތަފްސީލު ދެއްވަމުން އަޙްމަދު ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެ ބުރަށް 85 މިލިއަން ރުފިޔާ ހަރަދުވިއިރު، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާއެކު ދެ އިންތިޚާބުގެ ޖުމްލަ ހަރަދަކީ 147 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މިއީ ގައުމީ ބަޖެޓުގެ ނިސްބަތުން އެއް އިންސައްތައިގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަ މިންވަރެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ދެ އިންތިޚާބު ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިފިއްޔާ ދިވެހި ރައްޔިތެއްގެ ބޮލަކަށް އަހަރަކަށް މި ޖެހެނީ 74 ރުފިޔާ. ކޮންމެ ދުވާލަކަށް ބަހާލައިފިއްޔާ މި ޖެހެނީ 20 ލާރި. 20 ލާރި ހަރަދު ނުކުރެވިގެންތޯ މިއުޅެނީ؟" އަޙްމަދު މުޙައްމަދު ސުވާލު އުފެއްދެވިއެވެ.
ހަމައެއާއެކު އަޙްމަދު ވިދާޅުވީ އިންތިޚާބުތަކުގެ ހަރަދުގެ 89 އިންސައްތައަކީ އިދާރީ އިންތިޒާމުތަކާއި މުވައްޒަފުންގެ އުޖޫރަ ކަމަށްވާއިރު، ދެ އިންތިޚާބު އެއްކޮށްލިޔަސް އެ ހަރަދުތައް މަދު ނުވާނެ ކަމަށެވެ.
އަދި މި ބަދަލުން މަންފާ ކުރާނީ ސިޔާސީ މީހުންނަށް ކަމަށާއި، އެއީ ދެ ފަހަރު ރައްޔިތުންގެ ގާތަށް ގޮސް ކުރަންޖެހޭ ކެމްޕޭން ހަރަދާއި ވޯޓު ގަތުމަށް ކުރާ ހަރަދުތައް އެއް ފަހަރަށް ކުޑަވެގެންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕެނަލްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، މި އިސްލާހު ގެނައުމުގެ ހަގީގީ ބޭނުމަކީ މިހާރުގެ ސަރުކާރުން ގިނަ ދުވަހު ބާރުގައި ދެމިތިބުމަށް ބޭނުންވާ ބައެއް ކަންކަމަށް މަގު ކޮށުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު