މައިންބަފައިންނަށް ކަމޭހިތުމާއި އޯގާތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، އެއީ އިންސާނާގެ ދިރިއުޅުމުގައި ބަރަކާތް އިތުރުވެ، ދުޢާ އިޖާބަވުމަށް މަގުފަހިވާ މަތިވެރި ޢަމަލެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކިކި ރަށްރަށުގައި މިއަދު އިއްވި ޚުތުބާގައި ބުނެފައިވަނީ، މާތްﷲ ވަނީ އިންސާނާގެ ބާއްޖަވެރިކަމުގެ އަސާސެއް ކަމުގައި މައިންބަފައިން ލައްވާފައި ކަމަށެވެ. ދަރީން ދުނިޔެއަށް އައުމުގެ މެދުވެރިއަކީ މައިންބަފައިން ކަމަށްވާއިރު، އެ ދެމީހުން ދަރީންނަށްޓަކައިވާ ޤުރުބާނީގެ އަގު ވަޒަންނުކުރެވޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އިޙުސާންތެރިކަމުގެ ގޮތުން މައިންބަފައިންނާ އަޅާކިޔޭނެ ފަދަ ބަޔަކު ނުވާކަމާއި، އެ ދެމީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެކަންވެސް ޙުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާގައި ބުނީ، އިސްލާމްދީނުގައި މައިންބަފައިންގެ މަޤާމު ނުހަނު މަތިވެރި ކަމަށެވެ. ކީރިތި ޤުރުއާނުގެ ހަތް ތަނެއްގައި މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވާފައިވާއިރު، އޭގެ ތެރެއިން ހަތަރު ތަނެއްގައި މާތްﷲއަށް އަޅުކަންކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަމަންތެރިވުމަށް އަމުރުކުރައްވާފައިވެއެވެ. މިއީ މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަން ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ނަބީބޭކަލުންނާއި ޞާލިޙުންގެ ސިފައެއްކަން ފާހަގަކުރައްވައި، ޚުތުބާގައި ވިދާޅުވީ އެއީ މުޞީބާތްތަކުން ސަލާމަތްވެ، ހިތަށް ހަމަޖެހުން ލިބޭ ކަމެއް ކަމަށެވެ. އަދި މައިންބަފައިންނަކީ ސުވަރުގެއަށް ވަދެވޭނެ އެންމެ މޮޅު ދޮރުކޮޅުކަމަށް ރަސޫލާ (ޞޢވ) ޙަދީޘްކުރައްވާފައިވާކަންވެސް ޚުތުބާގައި ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، މައިންބަފައިން މުސްކުޅިވާ ހިނދު އެމީހުންނަށް "އުއްފު" ވެސް ނުބުނުމަށާއި، އޯގާތެރިކަމާއެކު މާތް ބަހުން ވާހަކަދެއްކުމަށް މާތްﷲ އަމުރުކުރައްވާފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ބައެއް ޙާލަތްތަކުގައި އިސްކަންދެވިފައިވާ މަތިވެރި ޢަމަލެއްކަން ސަލަފުއްޞާލިޙުންގެ ދިރިއުޅުއްވުމުން އެނގޭކަމަށްވެސް ޚުތުބާގައި ބުންޏެވެ.
ޚުތުބާ ނިންމާލަމުން ގޮވާލާފައިވަނީ، މައިންބަފައިން ދަރީންނަށްޓަކައި އެމީހުންގެ އަމިއްލަ އުފާތައް ޤުރުބާންކުރާ ފަދައިން، ދަރީންވެސް އެމީހުންނަށް އިޙުތިރާމުކޮށް، އޯގާތެރިވުމަށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ހަމައެކަނި ފައިސާ ދިނުން ނޫން ކަމަށާއި، އެއީ އެމީހުންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ދިނުންކަން ވެސް މިއަދުގެ ޚުތުބާގައި ހަނދާންކޮށްދިނެވެ.

ކިޔުންތެރިންގެ ހިޔާލު