މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދޭ ގޮތަށް ދައްކާ އެކި ވާހަކަތަކަށް ނުހެއްލުމަށާއި، ހުރިހާ މުސްލިމުންނަކީވެސް އެއް އުންމަތެއްގެ ބައެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މައުމޫން މިފަދައިން ގޮވާލައްވާފައިވަނީ އީރާނުގެ ލީޑަރުންނަކީ މުސްލިމުން ނޫން ކަމަށް ދޭހަވާ މޭރުމަކުން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވާހަކަދައްކަވަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މައުމޫންގެ ޕޯސްޓްގައި ވިދާޅުވީ، މިއީ ސުންނީ މުސްލިމެކޭ، ޝީޢާ މުސްލިމެކޭ ނުވަތަ ސަލަފީ މުސްލިމެކޭ ބުނެ މީހުން ވަކި ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެފަދަ އެންމެންނަކީ ވެސް ހަމަ މުސްލިމުން ކަމަށާއި، ބައިބައިވުމުގެ ވާހަކަތަކަކީ ދީނުގެ ޢަދުއްވުން ފަތުރާ ވާހަކަތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މައުމޫން ވަނީ މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދޭ ގޮތަށް ދައްކާ އެކި ވާހަކަތަކަށް ނުހެއްލުމަށް ގޮވާލައްވާފައެވެެ.



ކިޔުންތެރިންގެ ހިޔާލު