އީރާނުގެ ވެރިންނަކީ އިސްލާމްދީނުގެ އަސްލު އުޞޫލުތަކުން ބޭރުވެފައިވާ ބައެއްކަން ދޭހަވާ މޭރުމަކުން، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަޙްމަދު ސަމީރު ފަތުވާއެއް ނެރުއްވައިފިއެވެ.
ޝައިޚް ސަމީރުގެ ފަތުވާގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އީރާނުގެ ރޫޙާނީ ލީޑަރުން ކަމުގައިވާ ޚުމައިނީ އާއި ޚާމަނައީގެ ލިޔުންތަކާއި ފޮތްތަކުން ފެންނަން ހުރި ޙަޤީޤަތްތަކަށް ބަލާއިރު، އެ ބޭފުޅުންނަކީ މާތް الله ރުއްސުންލެއްވި އުންމުލް މުއުމިނީން ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނުގެ އިތުރުން، އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނު ފަދަ މަތިވެރި ޞަޙާބީންނަށް ބަދުބަސް ބުނެ، އެ ބޭކަލުންނަކީ ޚިޔާނާތްތެރިން ކަމުގައި ސިފަކުރާ ބައެކެވެ. އަދި އެ ޞަޙާބީންނަކީ ވެރިކަމުގެ ދަހިވެތިކަމުގައި އިސްލާމްކަން ފާޅުކޮށްގެން ތިބި ބައެއް ކަމަށާއި، ކީރިތި ޤުރްއާނުގެ މާނަ އަމިއްލަ އެދުމަށް ބަދަލުކޮށް، ފޮތަށް އުނި އިތުރު ގެނައުމަށްވެސް ފަސްނުޖެހޭނެ ބައެއް ކަމަށް ދޭހަވާ ފަދަ ބާޠިލު ޢަޤީދާތަކެއް އެ ދެމީހުން ގެންގުޅޭކަން ޞަރީޙަކޮށް އެނގެން އޮތް ކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޔަހޫދީ ދައުލަތާ ދެކޮޅަށް އީރާނުން ދޭ ޙަމަލާތަކަކީ މުސްލިމުން އެދޭ ކަމަކަށް ވީނަމަވެސް، އިސްލާމްދީނާއި އުންމަތުގެ ދިފާޢުގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި އެމީހުން މަތިވެރިކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ޝައިޚް ވިދާޅުވިއެވެ. ޝައިޚް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މި ފަތުވާއަކީ ހަމައެކަނި ދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ނެރުއްވި ފަތުވާއެއް ނޫން ކަމަށާއި، މިއީ އެބޭފުޅުންގެ އަމިއްލަ ފޮތްތަކުގައިވާ ޞަރީޙަ ޢިބާރާތްތަކަށް ރިޢާޔަތްކޮށް ނެރުއްވި ފަތުވާއެއް ކަމަށެވެ.
ނިމިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން، އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކާއި މިސައިލް ހަމަލާތަކާ ގުޅިގެން، މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން މިހާރު ދަނީ އިސްރާއީލުގެ އިތުރުން، އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް އަމާޒުކޮށް ހަމަލާތައް ފޮނުވަމުންނެވެ.
އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާތަކުގައި އީރާނުގެ ކުރީގެ ރޫޙީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން، އެ ގައުމުގެ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ. މި ހާދިސާއާ ގުޅިގެން، އީރާނުގެ އައު ރޫޙީ ލީޑަރުގެ މަގާމަށް މިހާރު އައްޔަންކުރައްވާފައިވަނީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީއެވެ.

ކިޔުންތެރިންގެ ހިޔާލު