މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި މާރިޗު މަހުގެ 25 ވާ ބުދަ ދުވަހު ހުޅުވައިލުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މާރިޗު މަހުގެ 25 ވާ ބުދަ ދުވަހު ހުޅުވައިލުމަށް ނިންމާފައިވާ ކަމަށެވެ. ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައެވެ. އެގޮތުން، އިނާމަށް ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހަޅާއިރު، އެ ފޯމަކާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމައަށް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.
ޤައުމީ އިނާމު މިއަހަރުވެސް ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 39 ދާއިރާއަކުންނެވެ. އިނާމަށް ނަން ހުށަހެޅުމުގައި އަމިއްލަ ފަރާތްތަކުންނާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ އިތުރުން ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނަށް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ސީދާ ނަން ހުށަހެޅޭނެ ކަމަށް ޤައުމީ އިނާމާ ބެހޭ ކޮމެޓީން ބުނެއެވެެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކަށްވެސް މި ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ޤައުމީ އިނާމާ ބެހޭ ކޮމެޓީން ބުންޏެވެ.
މިއަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި، ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު، "ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް" ނަން ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާނެއެވެ. އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު