މާލޭގައި ކެމިކަލް ގުދަނެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު ގެއަކުން 32 މީހަކު އިވެކުއޭޝަން ސެންޓަރަށް ވަގުތީ ގޮތުން ގެންގޮސްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ކުރީގެ ޑްރަގު ކޯޓު ކައިރީގައި ހުރި ގުދަނުން ދުން އަރާކަމުގެ ރިޕޯޓް ލިބިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް އެ ސަރަޙައްދަށް ދެވުނުއިރު (22:00 ހާއިރު)، ގުދަނުގައި ވަނީ އެއްކޮށް އަލިފާން ހިފާފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފެށި ނަމަވެސް، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އަލިފާންގަނޑު ވަރަށް ބޮޑަށް ގަދަވެ، ކުޑަވަގުތުކޮޅެއްގެ ތެރޭގައި މުޅި ގުދަން ވަނީ އަނދާ ހުލިވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ގަސްކާނާއާއި ތަފާތު ބާވަތްތަކުގެ ކެމިކަލް އެތެރެކޮށް ވިއްކާ "ޕްރައިމް ފާޓިލައިޒާ" ގެ މައި ގުދަނުގައެވެ. އެ ކުންފުނީގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، ކުންފުނީގެ މުދަލުގެ ގާތްގަނޑަކަށް 80 އިންސައްތަ ރައްކާކޮށްފައި ހުންނަނީ އެ ގުދަނުގައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކެމިކަލް ވެސް ހިމެނެއެވެ. މީގެ އިތުރުން، އެ ގުދަނަކީ އިންޝުއަރެންސް ކޮށްފައިވާ ތަނެއް ނޫން ކަމަށާއި، ލިބުނު ގެއްލުމުގެ އަދަދު އަންދާޒާ ކުރެވޭނީ މާދަމާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެއާޕޯޓުގެ ފަޔަރ ވެހިކަލްތަކުގެ އެހީތެރިކަން ވެސް ހޯދާފައިވެއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ދޮޅު ގަޑިއިރު ފަހުންނެވެ. ނަމަވެސް، އެ ސަރަޙައްދުގައި ވަނީ ނުރައްކާތެރި ވިހަ ދުން ވަރަށް ބޮޑަށް ފެތުރިފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެންޑީއެފުން ވަނީ އެ ސަރަޙައްދުގެ ހަތަރު ގެއަކުން މީހުން ހުސްކޮށްފައެވެ. ނަސީބަކުން، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާންގަނޑު އެހެން އިމާރާތަކަށް ފެތުރުނަނުދީ ވަނީ ހިފަހައްޓާފައެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނޫ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ހަތަރު ގެެއެއްގެ އާއިލާއަކަށް ނިސްބަތްވާ 32 މީހަކަށް ސޯޝަލް ސެންޓަރުގައި ވަގުތީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.
މި ހާދިސާ ހިނގި ގުދަނަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިޚާބީ މަރުކަޒާ އިންވެގެން ހުރި ތަނެކެވެ. ހާދިސާ ހިނގިއިރު، އެ މަރުކަޒުގައި ދިޔައީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދާއިމީ ފިހުރިސްތުގައި ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މަސައްކަތް ވަނީ ވަގުތުން މެދުކަނޑާލާފައެވެ.
އީސީން ބުނިގޮތުގައި އިންތިޚާބާ ގުޅޭ އެއްވެސް މުހިންމު ލިޔެކިޔުމަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހާރު އެ މަރުކަޒުގައި ހުރި ތަކެތި ރައްކާތެރި ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް، ފުލުހުންނާއި ކޮމިޝަނުގެ މުވައްޒަފުން ގުޅިގެން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު