މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމީ މިނިސްޓްރީ އިން މިރޭ ކަނޑައަޅައިފިއެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޖަލްސާގައި، މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނެރުއްވި ބަޔާނުގައިވަނީ، 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ރާއްޖޭގެ އެއްވެސް ހިސާބަކަށް ފެނިފައިނުވާ ކަމަށެވެ. އަދި އިތުބާރުހުރި ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ސަރަޙައްދަކަށް ހަނދު ފެންމަތީގައި ނުހުންނާނެތީއާއި، އިސްލާމީ އެއްވެސް ޤައުމަކަށް ހަނދު ފެނުނުކަމުގެ ރަސްމީ މަޢުލޫމާތު ލިބިފައިނުވާތީ، ރާއްޖޭގައި ހަނދު ސާބިތުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިން މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ ކުރިއަށް އޮތް ހުކުރު ދުވަސް ކަމުގައި އެ ބަޔާނުގައި އިޢުލާނުކުރައްވާފައިވެއެވެ.
މީގެއިތުރުން، ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިވެހި އެންމެހާ ރައްޔިތުންގެ އިތުރުން މުޅި އިސްލާމީ އުންމަތަށް މިނިސްޓަރު ވަނީ ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މާރިޗު 20 ކަމަށް ކަނޑައަޅާފައިވާތީ، ޢީދު ބަންދަށްފަހު ސަރުކާރުގެ އިދާރާތައް އަލުން ހުޅުވޭނީ މާރިޗު 23 ވާ ހޯމަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު