ސަރުކާރުގެ މަޝްރޫޢުތަކާއި އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭގޮތުން ހޯމް މިނިސްޓަރު ޢަލީ އިޙްސާން އަދި އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރުގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފިއެވެ.
މީސްމީޑިއާގައި މިނިސްޓަރު އިޙްސާން މިއަދު ވިދާޅުވީ، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރުގެ ވާހަކަފުޅުތައް ހުރިގޮތުން އޭނާ ކެންޕޭން ކުރަށްވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށްހެން ހީވާ ކަމަށެވެ. ހަމައެއާއެކު ނިޒާރު ދައްކަވަނީ ދެ އަހަރުވީ ސަރުކާރަކުން ކަންތައްތަކެއް ނުކޮށްދެވިގެން އުޅޭ ވާހަކަ ކަމަށް އިޙްސާން ވިދާޅުވިއެވެ.
"ދަންނަވަންތޯ! ސަރުކާރަށް އަދި ކަންކަން ކުރަން މި 5 އަހަރުގެ ދައުރުގައި 2 އަހަރާއި 7 މަސް ދުވަސް އެބައޮތް. އެކަމަކު މޭޔަރު ނިޒާރުގެ 5 އަހަރުގެ ދައުރުގައި ބާކީ އޮތީ އެންމެ 2 މަސް ދުވަސް،" އިޙްސާން ވިދާޅުވިއެވެ.
އޭނާ އިތުރަށް އިޙްސާން ވިދާޅުވީ މޭޔަރު ދައްކަވަންވީ އޭނާގެ 5 އަހަރުގެ ދައުރުގައި ކުރެއްވި ކަންކަމާއި، އަލުން ފުރުސަތެއް ލިބިއްޖެނަމަ ކުރައްވާނެ ކަންކަމުގެ ވާހަކަ ކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތްތަކާ އަޅާކިޔާނަމަ އަޅާކިޔަންޖެހޭނީ ނިމިދިޔަ ސަރުކާރުގެ މަސައްކަތްތަކާ ކަމަށް ވިދާޅުވެ، 2019 ވަނަ އަހަރުގެ "ޖަޒީރާ ރާއްޖެ - އައްޑޫ ވައުދު" ވެސް އިޙްސާން ހިއްސާކުރެއްވިއެވެ.
މިނިސްޓަރު އިޙްސާންގެ މި ވާހަކަތަކަށް ރައްދުދެއްވަމުން މޭޔަރު ޢަލީ ނިޒާރު ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. ނިޒާރު ވިދާޅުވީ ސޯޝަލް މީޑިއާގައި އުޅޭ "ސިޔާސަ" ކުދިން އުޅޭހެން ނޫޅެ، ހަރުދަނާ ވާހަކައެއް ދައްކަވަން އުޅުއްވުމަށް އިޙްސާނަށް ގޮވާލައްވާ ކަމަށެވެ.
"މަނިކުފާނުގެ މިނިސްޓްރީ ތެރެއިން އައްޑޫއަށް ކޮށްދެވުނީ ކޮން ކަމެއްތޯ؟ އައްޑޫއަކީ ގޭންގް މަރުކަޒެއް ކަމަށް ނިންމައި އައްޑޫ ރައްޔިތުންގެ އަގު ވައްޓާލުން ފިޔަވައި އިތުރު ކަމެއް ވީތަނެއް ނުފެނޭ." ނިޒާރު ވިދާޅުވިއެވެ. އަދި އައްޑޫގައި ފުލުހުން އިތުރުކުރުމަށް އެތައް ފަހަރަކު އާދޭސްކުރުމުންވެސް އެންމެ ފުލުހަކުވެސް އިތުރުވެފައި ނުވާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އައްޑޫ ރައްޔިތުންނަށް ހަދަނީ ދޮގު ކަމަށާއި، މިހާތަނަށް އެއްވެސް އަމަލީ މަސައްކަތެއް ފެންނަން ނެތް ކަމަށް ވިދާޅުވެ ނިޒާރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު