ރަމަޟާން މަހު އަޅުގަނޑުމެން ހިފި ރޯދައިގެ އަޖުރާއި ސަވާބު ފުރިހަމަވެގެންދާނީ ފިތުރު ޒަކާތް އަދާކުރުމުން ކަމަށާއި، އެއީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބުދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި އިހުޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ފިތުރު ޒަކާތަކީ ރޯދައިގެ އަޅުކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. މިކަމުގެ މުހިންމުކަން ހާމަކޮށްދެއްވުމަށް ރައީސް މައުމޫން ވަނީ ބައެއް އިލްމުވެރިން ނަކަލުކުރައްވާ ބަސްފުޅަކަށް އަލިއަޅުވާލައްވާފައެވެ.
"މިއޮތް އިބާރާތެއް މިއޮންނަނީ 'صوم رمضان معلق بين السماء والأرض لا يرفع إلا بزكاة الفطر' އެބަހީ ރަމަޟާން މަހުގެ ރޯދަ ވަނީ އުޑާ ބިމާ ދޭތެރޭގައި އެލުވިފައި. އެ ﷲގެ ހަޟްރަތަށް އުފުއްލާނީ ހަމައެކަނި ފިޠުރު ޒަކާތުން،" ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މައުމޫން ފާހަގަކުރެއްވި ގޮތުގައި، މި އިބާރާތަކީ ހަދީސެއްގެ ގޮތުގައި ބައެއް ބޭފުޅުން ބޭނުންކުރެއްވި ނަމަވެސް، އެއީ ސީދާ ރަސޫލާގެ ހަދީސެއްކަން ސާބިތުވާން ނެތް ކަމެކެވެ. އެހެންނަމަވެސް، އޭގެ މާނައަށް ބަލާއިރު ރަމަޟާން މަހުގެ އަޖުރާއި ސަވާބު ފުރިހަމަވުމަށްޓަކައި ފިތުރު ޒަކާތް އަދާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެނގިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭގެ މާނައަކީ ރަމަޟާން މަހުގެ އަޖުރާއި ސަވާބާއި ހުރިހާ ކަމެއްވެސް މިހުރީ މަޑުޖެހިފައި. ފިޠުރު ޒަކާތް އަދާކުރީމަ އެ ރަމަޟާން މަހު އަޅުގަނޑުމެން މި ހިފި ރޯދައިގެ ސަވާބު ފުރިހަމަވެގެންދަނީ. އެހާ މުހިންމު ކަމެއް މީ ފިޠުރު ޒަކާތަކީ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ފިތުރު ޒަކާތަކީ ރޯދަ ފުރިހަމަކުރުމަށާއި ފަޤީރުންނަށް އެހީވުމަށް ހިޖުރައިން ދެވަނަ އަހަރުން ފެށިގެން ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟުކުރެއްވި ކަމެކެވެ. މިއީ ޢީދު ދުވަހުގެ ކެއުމަށްވުރެ އިތުރަށް ތަނަވަސްކަން ހުރި މީހުން، އެމީހަކާއި އެމީހަކު ބަލަހައްޓަންޖެހޭ އެންމެންގެ ފަރާތުން، އެ ރަށެއްގައި އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ނެރެންޖެހޭ ޒަކާތެކެވެ. ރަމަޟާން މަހުގެ ތެރޭގައި ޒަކާތް ދެއްކުނު ނަމަވެސް، އެންމެ ފަހު ވަގުތަކީ ޢީދު ނަމާދުގެ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު