ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ދައުރެއް ކަށަވަރު ކުރުމަށްޓަކައި ކުރާ ކަމެއް ކަމަށް ޤާނޫނީ ވަކީލު އަލީ ޙުސައިން ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، އިންތިޚާބުތައް އެއްކުރުމަށް ކުރެވެމުންދާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި ކުރެވޭ ކަމެއް ކަމަށެވެ. އަދި ރައީސް މުޢިއްޒަށް މިހާރު ތިއްބެވި މަޖިލިސް މެންބަރުން "ރަނިންގ މޭޓުންގެ" ގޮތުގައި ބޭނުންކުރައްވައިގެން ނޫނީ ދެވަނަ ދައުރެއް ކާމިޔާބު ނުވާނެކަން ސާފުވާތީ، މިއީ އެކަމަށް މަގުފަހިކުރުމަށް ކުރާ ކަމެއް ޢަލީ ތުހުމަތުކުރެެއްވިއެވެެ.
" ހަމައެކަނި ދެވަނަ ދައުރެއް ލިބޭނެ ކަމަށް ރައީސް މުޢިއްޒަށް ފެނިވަޑައިގަންނަވަނީ ދެ އިންތިޚާބު އެއްކޮށްލައިގެން، މިހާރު ތިބި ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރަނިންގ މޭޓުންގެ ގޮތުގައި ހަދައިގެން އެންމެން އެކީގައި ގޮސް މަސައްކަތް ކޮށްގެން ނޫނީއްޔާ ރައީސް އަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމަށް ނުފެންނާތީ ހަމަ ހަޤީޤަތުގައި އެކަން އެގޮތަށް ކުރަން މިއުޅެނީ، އިތުރު އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ، "ޖުމުހޫރީ ޕާޓީގެ މެމްބަރު ޢަލީ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން މި ބަދަލު ގެންނަނީ ޚަރަދު ކުޑަކުރަން ކަމަށް ބުނި ނަމަވެސް، އެއީ ޙަޤީޤަތެއް ނޫން ކަމަށް ޢަލީ ވިދާޅުވިއެވެ. އަލީ ވިދާޅުވިގޮތުގައި މި ސަރުކާރަކީ އިންތިހާއަށް އިސްރާފު ބޮޑު ސަރުކާރެކެވެ. މިދިޔަ ދެތިން ދުވަހުވެސް ސިޔާސީ އެތައް ސަތޭކަ ވަޒީފާއެއް އުފައްދާފައިވާ ކަމަށާއި، އެހެންކަމުން ޚަރަދު ކުޑަކުރަން އުޅޭ ސަރުކާރެއްގެ ސިފަ މި ސަރުކާރުން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ޙުސައިން އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަށް ރައްޔިތުންގެ އިތުބާރާއި ލޯބި އެކަށީގެންވާ މިންވަރަށް ނެތްކަން ސަރުކާރަށް އެނގޭ ކަމަށެވެ. އާންމު އުސޫލުން ރިޔާސީ އިންތިޚާބު ބާއްވައިގެން ދެވަނަ ބުރަކަށް ގޮސްފިނަމަ ނާކާމިޔާބުވާނެކަން ސާފުވާތީ، އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭ ގޮތަށް ބަދަލުކުރުމާއި، 65 އަހަރުން މަތީގެ މީހުންނަށް ކުރިމަތިނުލެވޭ ގޮތް ހެދުން ފަދަ އިސްލާޙުތައް ކުރިއަށް އޮތް ތަނުގައި ގެންނާނެ ކަމަށް ޢަލީ ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، އިންތިޚާބުތައް އެއްކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް (ރިފަރެންޑަމް) ދާއިރު، ރައްޔިތުން އެކަމަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މިގޮތަށް އިންތިޚާބުތައް އެއްކޮށްލައިފިނަމަ ރިޔާސީ ނިޒާމު ގަޑުބަޑުވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މުޅިން "ކަފުންކޮށް ވަޅުލެވޭނެ" ކަމަށެވެ.
އަލީ ޙުސައިން ވިދާޅުވި ގޮތުގައި، 2029 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބާއި ކުރިއަށް އޮތް އިންތިޚާބުތަކުގެ ކަންކަމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވި މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ. އެހެންކަމުން، ބެލުމެއްނެތި ޤާނޫނުއަސާސީއަށް މިފަދަ ބޮޑެތި ބަދަލުތައް ގެނައުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފު ކަމެއްކަން ޢަލީ ވަނީ ފާހަގަކުރަށްވާފައެެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު، އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެއްކޮށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު