މާލޭގެ ވިޔަފާރި ބަނދަރާއި މާރުކޭޓު ސަރަޙައްދު އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީ އެވެ.
މިއަދު ސޮއިކުރެވުނު މި ބިޔަ މަޝްރޫޢަކީ ޖުމްލަ 126،359،594.94 (ސަތޭކަ ސައްވީސް މިލިއަން، ތިން ލައްކަ ފަންސަސް ނުވަ ހާސް، ފަސްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ، ނުވަދިހަ ހަތަރު ލާރި) ގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް ޓްރަސްޓެންގ މޯލްޑިވްސްއަށް ދީފައިވަނީ 600 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގައި ޒަމާނީ ފެންވަރުގެ 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް ބިނާކުރެވޭނެއެވެ. ބޭސްމަންޓާއި ޓެރަސް ހިމެނޭހެން ޖުމްލަ ހަ ފަންގިފިލާގެ މައްޗަށް ބިނާކުރާ މި އިމާރާތުގެ ބިމުއަޑީ ފަންގިފިލާ ޚާއްޞަކޮށްފައިވަނީ ޕާކިންއަށެވެ. އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ މަސް މާރުކޭޓަށް ޚާއްޞަކުރެވިފައިވާއިރު، އޭގެ މަތީގެ ތިން ފަންގިފިލާ ކަނޑައަޅާފައިވަނީ މޭވާ އާއި ތަރުކާރީގެ އިތުރުން ދިވެހި އުފެއްދުންތައް ވިއްކުމަށެވެ. އަދި އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ނުވަތަ ޓެރަސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ފުޑް އައުޓްލެޓްތަކަށެވެ.

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.
— Ministry of Construction, Housing & Infrastructure (@MoCImv) March 15, 2026
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ… pic.twitter.com/Jdy1kUIhMJ
މިއަދު ސޮއިކުރެވުނު މި ބިޔަ މަޝްރޫޢަކީ ޖުމްލަ 126،359،594.94 (ސަތޭކަ ސައްވީސް މިލިއަން، ތިން ލައްކަ ފަންސަސް ނުވަ ހާސް، ފަސްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ، ނުވަދިހަ ހަތަރު ލާރި) ގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް ޓްރަސްޓެންގ މޯލްޑިވްސްއަށް ދީފައިވަނީ 600 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގައި ޒަމާނީ ފެންވަރުގެ 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް ބިނާކުރެވޭނެއެވެ. ބޭސްމަންޓާއި ޓެރަސް ހިމެނޭހެން ޖުމްލަ ހަ ފަންގިފިލާގެ މައްޗަށް ބިނާކުރާ މި އިމާރާތުގެ ބިމުއަޑީ ފަންގިފިލާ ޚާއްޞަކޮށްފައިވަނީ ޕާކިންއަށެވެ. އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ މަސް މާރުކޭޓަށް ޚާއްޞަކުރެވިފައިވާއިރު، އޭގެ މަތީގެ ތިން ފަންގިފިލާ ކަނޑައަޅާފައިވަނީ މޭވާ އާއި ތަރުކާރީގެ އިތުރުން ދިވެހި އުފެއްދުންތައް ވިއްކުމަށެވެ. އަދި އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ނުވަތަ ޓެރަސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ފުޑް އައުޓްލެޓްތަކަށެވެ.
ކިޔުންތެރިންގެ ހިޔާލު