ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގައި ދެމިހުންނެވުމަށް ކުރައްވާ ކަމެއް ކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ތުހުމަތު ކުރައްވައިފިއެވެ.
ސަންޓީވީގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވީ، ދެ އިންތިޚާބު އެއްކުރުމަކީ ޚަރަދު ކުޑަކުރަން ކުރާ ކަމެއް ނޫން ކަމަށާއި، މުސްކުޅިންނަށް ދެފަހަރު ކިއޫގައި ޖެހެން ނުޖެހޭނެ ކަމަށް ބުނެ ދައްކަނީ އޮޅުވާލުމުގެ ވާހަކަތަކެއް ކަމަށެވެ. އަދި ރައްޔިތުން މިއަދު ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށާއި، ވިޔަފާރިތައް ހަލާކުވެ، އާންމު ރައްޔިތުންގެ ދިރިއުޅުން ދަތިވެފައިވާ ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ. ފައްޔާޒު ވިދާޅުވީ އިންޑިއާ އާއި މެލޭޝިޔާ ފަދަ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓު ފޮށި ނުބަހައްޓަން ނިންމި ނިންމުމަކީ ސިޔާސީ ރޭވުމެއް ކަމަށެވެ. އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ކުދިންނަކީ ސަރުކާރުގެ ވަޒީފާގެ ބިރުވެރިކަމެއް ނެތް، މިނިވަން ފިކުރުގެ ބައެއްކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ، އެފަދަ ތަންތަނުގައި ވޯޓު ފޮށި ބަހައްޓައިފިނަމަ 90 އިންސައްތަ ރައްޔިތުން ވޯޓު ދޭނީ ސަރުކާރުން ބާއްވަން އުޅޭ ރެފަރެންޑަމާ ދެކޮޅަށް ކަމަށެވެ. އަދި މިކަންކަން ކުރަނީ ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުން މެދުވެރިކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީ ނިކަމެތިކޮށް، ރައްޔިތުންގެ ބާރު ކަނޑުވާލުމުގައި ރައީސް މުޢިއްޒުގެ އެންމެ ބޮޑު ބައިވެރިއަކީ އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަނުގެ ރައީސް ކަމަށެވެ.
"އެބޭފުޅާ ވަރަށް ރީތިކޮށް ވާހަކަ ދައްކަވާނެ ގާނޫނު އަސާސީއާ އެއްގޮތަށް ކަންކަން ކުރާ ވާހަކަ. އެކަމަކު ހަގީގަތަކީ ސީދާ ރައީސް މުޢިއްޒުގެ އިންސްޓްރަކްޝަނަށް ހުރިހާ އިންތިޚާބެއް ރައީސް ބޭނުން ގޮތަކަށް އަނބުރާލަން އެބޭފުޅާ މަސައްކަތް ކުރައްވާކަން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ މި އަމަލުތަކަށް ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނެ ކަމަށާއި، އެއީ ހަމައެކަނި އާޚިރަތުގައި ނޫން ކަމަށާއި ދުނިޔެމަތީގައިވެސް އެބޭފުޅުން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
މަސްވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިކަން ނައްތާލައި، މަސްވެރިން ސަރުކާރުގެ ވަޒީފާތަކަށް ބަރޯސާކުރުވުމަށް ކަމަށެވެ.
"ރަނގަޅު ކެޔޮޅެއް ހުރިއްޔާ އޭނާ ދަމައިގަނެގެން ގޮސް ފެނަކައަށް އެބަ ވައްދާ. އޭގެ ސަބަބުން ދޯނި އެއްކޮށް ހުއްޓި، އޮޑިވެރިޔާގެ ބާރު އެބަ ކެނޑޭ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ތުހުމަތު ކުރެއްވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މަސްވެރިކަން ބަދަލުވެގެންދާނީ ބޭރުގެ ބޮޑެތި ބޯޓުތައް ގެނެސްގެން، ވަކި ބައެއްގެ ޖީބަށް ފައިދާވާ ގޮތަށް ދާ އަޅައިގެން ކުރާ ކަމެއްގެ ގޮތުގައެވެ.
ފައްޔާޒު ވަނީ ސަރުކާރުން ގައުމިއްޔަތާއި ދީނުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު