ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވާނަމަ މަޖިލިސް އިންތިޚާބުގައި އެކި ވިސްނުމުގެ މީހުންނަށް ވާދަކުރުމުގެ ޖާގަ ހަނިވާނެ ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލައިފިނަމަ، މަޖިލިސް އިންތިޚާބުގައި އެކި ވިސްނުމުގެ މީހުންނަށް ވާދަކުރުމުގެ ޖާގަ ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށެވެ.
ވައްޑެ ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމުން ސަރުކާރުގެ ވަރަށް ވަރުގަދަ ކެންޑިޑޭޓުންނާ ވާދަކުރަން މަޖުބޫރުވާނެ ކަމަށެވެ. އަދި އެފަދަ ކެންޑިޑޭޓަކު ބަލިކުރުމަށްޓަކައި، ކޮންމެ ދާއިރާއަކުން އިދިކޮޅު އެކަކު ނެރެން މަޖުބޫރުވާނެ ހާލަތެއް މެދުވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި މި ނިންމުމަކީ ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ. އެހެންނަމަވެސް، މި ކަމުގައި ސިޔާސީ ނުބައި މަޤްޞަދުތަކެއް އެކުލެވިގެންވާ ކަމަށް ތުހުމަތުކޮށް، އިދިކޮޅު ފަރާތްތަކުން ދަނީ މި ނިންމުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު