އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މިއަދު ހަވީރު މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާއަކީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނުނު ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 16:41 ހާއިރު ކަމަށެވެ. ފުލުހުން ވަނީ އެ މީހާގެ ހަށިގަނޑު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން މިރޭ ބުނީ މަރުވެފައިވާ މީހާއަކީ ބޭރު ޤައުމަކަށް ނިސްބަތްވާ ދޮން ނަސްލުގެ ފިރިހެނެއް ކަމަށް ބެލެވޭ ކަމަށާއި، އޭނާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި އެ މީހާއާ ގުޅޭ މައުލޫމާތެއް ނުވަތަ މިސިންގ ޕަރސަންސް ރިޕޯޓެއް ވެސް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ޚަބަރެއް ނުވެގެން އުޅޭ ނަމަ، ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު