ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅު ކެންޑިޑޭޓުން ހޮވުމަކީ އެ ރަށެއްގެ ރައްޔިތުން އެ ރަށަކަށް ހެޔޮ ނޭދޭތީ ކުރާ ކަމެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙު ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙު ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އިންތިޚާބެއް ކާމިޔާބު ކުރުމަށް މިހާ ބޮޑު މަސައްކަތެއް ކުރާ ތަން ފެނިފައިނުވާ ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ކުރި އެއްވެސް ވެރިއަކަށް ކައުންސިލް އިންތިޚާބު މިހާ މުހިންމު ނުވާ ކަމަށާއި، އެއީ އޭގެ ކުރިން ވެރިކަން ކުރި ބޭފުޅުން ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުން ނުވުމުން ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ފަލާޙު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ކައުންސިލްތަކުގައި ތަޅު އަޅުވައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގަވާ މަޝްރޫޢުތަކަށް ހުރަސްއަޅާނެ ބަޔަކު ކައުންސިލްތަކަށް އައުން ކަމަށެވެ. އަދި މިހާރުވެސް އިދިކޮޅު ފަރާތްތަކުން ކުރަމުންދަނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫޢުތައް މިހާރު ފައްޓަވާފައިވާކަމަށެވެ.
"އެތައް ހާސް މަޝްރޫޢެއްގެ ވާހަކަ މި ދައްކަވަނީ އިކޮނޮމިކް މިނިސްޓަރު. އަޅުގަނޑުމެންގެ ކުންފުނިތަކާއި އިޤްތިޞާދީ މަންޒަރަށް ބައްލަވާ. މިހާރު ރަށަކަށް މުދާ އުފުލާނެ ދޯންޏެއް ނުލިބޭ، ހުރިހާ ދޯންޏެއް ހުރީ ރަށުރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު އަރުވައިގެން ފުލްވެފައި،" ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ޤައުމަށް މިފަދަ މުހިންމު ބަދަލުތަކެއް ގެންނަން ތައްޔާރުވާ ވަގުތެއްގައި، ރަށްރަށުގެ ކައުންސިލްތަކަށް ސަރުކާރާ ދެކޮޅު ބަޔަކު އިސްކޮށްފިނަމަ، އެއީ އެ ރަށެއްގެ ރައްޔިތުން އެ ރަށަކަށް ހެޔޮނޭދޭތީ ކުރާ ކަމެއްގެ ގޮތުގައި ފަލާޙު ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ދަރިންގެ މައްޗަށް ހެޔޮއެދޭ އިޚްލާޞްތެރި ބަޔަކު ނަމަ، ސަރުކާރާ ގުޅިގެން މަޝްރޫޢުތަކަށް އެއްބާރުލުން ދޭނެ ޕީއެންސީގެ ކައުންސިލަރުން ހޮވުމަކީ ވަރަށް މުހިންމު ކަމެއް،" ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން، ފަލާޙު ވިދާޅުވީ ކައުންސިލްތަކަށް ހޮވޭ ބޭފުޅުންނަކީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ޤާނޫނީ ބާރު އޮތް ބައެއް ނޫން ކަމަށެވެ. ކައުންސިލްތަކުގެ ޤާނޫނީ ޒިންމާއަކީ އޭރެއްގައި އޮންނަ ސަރުކާރަކުން ހިންގާ މަޝްރޫޢުތަކަށް އެހީތެރިކަމާއި އެއްބާރުލުން ދީ، އެ ކަންކަން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު