ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ރޭ ޒަޚަމްކޮށްލައިފިއެވެެ.
ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ފޭސް 2 ގައި ހިނގި މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި މި ހަމަލާ ދީފައިވަނީ އެ ފުލުސް މީހާ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނޫންކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަމާއި، މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންތައްތައް މިހާރު ވަރަށް ގާތުން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިކަމާ ގުޅިގެން ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން، އެކަމާ ގުޅޭ އިތުރު ތަފްސީލުތައް މީޑިއާ އާއި އާންމުންނާ ހިއްސާކުރަމުންދާނެ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު