ރ. ވާދޫން ކުޑަ ޑިންގީއެއްގައި އެކަނި ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ގެއްލިގެން ހޯދަމުންދަނީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް ކަމަށެވެ. އޭނާ ޑިންގީ އެއްގައި ކަނޑުމައްޗަށް ނިކުމެފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
އިޤްބާލް މަހަށް ނިކުމެފައިވަނީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، އޭނާ ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި މީހާ ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އެ ރޭ 20:48 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ރިޕޯޓް ލިބުމާއެކު، ފުލުހުން ވަނީ ކަމާބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
މުޙައްމަދު އިޤްބާލާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކުރައްވައި ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު