އިންސާނާގެ ޙަޔާތުގައި ހެޔޮ ޢަމަލުކުރުމުގެ މަގުތައް މާތް الله ވަނީ ވަރަށް ބޮޑަށް ތަނަވަސްކޮށް ދެއްވައިފައެވެ. މާތް اللهގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމާއި، ޞަދަޤާތްކުރުމަކީ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ މަތިވެރި ދަރުމަހުރި ކަންކަމެވެ. އެންމެ ކުޑަމިނުން އުފާވެރި މޫނަކާއިގެން އަނެކާއާ ބައްދަލުކޮށް، ހެޔޮ ބަހެއް ބުނުމަކީ ވެސް ކުރެވޭ ޞަދަޤާތެކެވެ. ނަމަވެސް ބައެއް ހެޔޮ ޢަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވެގެންވެއެވެ. އޭގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭ އެންމެ މަތިވެރި އެއް ޞަދަޤާތެވެ.
އާޚިރަތުގެ ބިރުވެރިކަމުން ސަލާމަތްވުން
މާތް اللهގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، އެއުރެންނަށް ޖެހޭ ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ، މާދަމާ ގިޔާމަތްދުވަހުގެ ބޮޑެތި މުޞީބާތްތަކުން ދިންނަވާނޭ ކަމެކެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމާގެ އަޚާގެ ބޭނުންތައް ފުއްދައި ދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދައި ދެއްވުމުގައި الله ދެމިވޮޑިގެންވެއެވެ. ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުޞީބާތެއް ދުރުކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް الله ދުރުކޮށްދެއްވާނެއެވެ." ވީމާ، ކޮންމެ މުސްލިމަކުވެސް މިއަދު އަވަސްވެގަންނަންވީ އެ ދުވަހުގެ ބިރުވެރިކަމުން މިންޖުވާނޭ ފަދަ ހެޔޮ ޢަމަލުތައް ކުރުމަށެވެ.
ފުރާނައެއް ސަލާމަތްކުރުމުގެ މަތިވެރިކަން
ލޭ އަޅަން ބޭނުންވާ ޙާލަތްތަކުގައި، ބަލި މީހަކަށް ލޭ ހަދިޔާކުރުމަކީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެކެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "...އަދި އެ ނަފުސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހައި މީސްތަކުން ދިރުވި ފަދައެވެ." ބަލިމީހެއްގެ ހަށިގަނޑަށް ބޭނުންވާ ލޭ ހަދިޔާކުރުމަކީ އޭނާއަށް ދުނިޔޭގައި ދިރިހުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ކުރެވޭ އިންސާނިއްޔަތީ ޢަމަލެކެވެ. މިއީ މަތިވެރި ސަވާބާއި ގިނަގުނަ އަޖުރު ލިބޭނޭ ކަމެކެވެ.
ދެމިގެންވާ ޞަދަޤާތެއް
ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއް (ޞަދަޤާތުލް ޖާރިޔާ) ކަމުގައި ޢިލްމުވެރިން ދެކެވަޑައިގަނެއެވެ. އިންސާނާ މަރުވުމަށްފަހު އޭނާއަށް ސަވާބު ލިބޭނެ ތިން ކަމެއްގެ ވާހަކަ ނަބިއްޔާ ﷺ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެއީ ދެމިގެންވާ ޞަދަޤާތަކާއި، ފައިދާކުރަނިވި ޢިލްމަކާއި، އޭނާއަށްޓަކައި ހެޔޮ ދުޢާކުރާނެ ޞާލިޙު ދަރިއެކެވެ. މީހަކު ހަދިޔާކުރި ލޭގެ ސަބަބުން ބަލިމީހެއްގެ ފުރާނަ ސަލާމަތްވެއްޖެނަމަ، އެމީހާ ދުނިޔޭގައި ދިރިހުރިހައި ހިނދަކު، ލޭ ހަދިޔާކުރި މީހާއަށް އޭގެ ސަވާބު ލިބިލިބި ހުންނާނެއެވެ.
އެހީތެރިވުމުގެ އެހެނިހެން ގޮތްތައް
ލޭ ހަދިޔާކުރުމުގެ އިތުރުންވެސް، މީސްތަކުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކިތަންމެ ކަމެއް ކުރެވިދާނެއެވެ. އޭގެ ތެރޭގައި ކާންބޯން ނުލިބޭ މީހުންނަށް ކާނާ ފޯރުކޮށްދިނުން، ބޭސްފަރުވާއަށް އެހީތެރިވުން، އަދި އެކިއެކި ހާދިސާތަކުގައި އަނިޔާވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. ނަބިއްޔާ ﷺ މަދީނާއަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އިރުޝާދުތަކުގެ ތެރޭގައި "މީސްތަކުންނަށް ކާންދިނުމާއި، ސަލާމް ފެތުރުމާއި، ރަޙިމުގެ ގުޅުން ބޭއްވުން" ހިމެނެއެވެ. މިކަންކަމުގެ ސަބަބުން ސަލާމަތްތެރިކަމާއެކު ސުވަރުގެ ވަދެވޭނެކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނު ވަނީ ދެއްވާފައެވެ.
ނިންމުން
މިއަދު ރާއްޖޭގެ ބުލަޑުބޭންކުތައް ވަނީ ލޭ ހަދިޔާކުރާނެ ދަރުމަވެރިންނަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. ތިމާ ހަދިޔާކުރާ ކުޑަ ލޭފޮދަކީ މީހެއްގެ ފުރާނަ ސަލާމަތްވުމުގެ ސަބަބަކަށް ވެދާނެއެވެ. އެހެންކަމުން، ޞިއްޙީ ގޮތުން ޝަރުޠު ހަމަވާ އެންމެހައި ފަރާތްތަކުން މި މަތިވެރި އިންސާނިއްޔަ ޢަމަލުގައި ބައިވެރިވުމަކީ މުހިންމު ކަމެކެވެ. މިއީ ދުނިޔޭގައި ލިބޭނެ ހިތްހަމަޖެހުމެއްގެ އިތުރުން، އާޚިރަތުގެ ބާއްޖަވެރިކަމާއި ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް ޙާޞިލުކުރުމަށް އޮތް ފުރުޞަތެކެވެ.
(މަސްދަރު: 06 ފެބްރުއަރީ 2026 ގެ ހުކުރު ޚުތުބާ)

ކިޔުންތެރިންގެ ހިޔާލު