މައްކާގެ މަސްޖިދުލް ހަރަމްގެ މަތީ ފަންގިފިލާއަކުން މީހަކު ފުންމާލައިގެން އަމިއްލައަށް މަރުވާން އުޅުނު ހާދިސާއެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.
މި ނުރައްކާތެރި ހާދިސާގައި، އެމީހާ މަތިން ފުންމާލި މަންޒަރު ފެނުނު، އެ ސަރަހައްދުގައި ހުރި ސެކިއުރިޓީ އޮފިސަރަކު ވަނީ ހުޝިޔާރުކަމާއެކު އެމީހާ ސަލާމަތްކޮށްފައެވެ. މި މަސައްކަތުގެ ތެރޭގައި އެ އޮފިސަރަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާއާއި ގުޅިގެން ހަރަމްފުޅުގެ ސެކިއުރިޓީ ބަލަހައްޓާ ސްޕެޝަލް ފޯސްއިން ވަނީ ވަގުތުން ފިޔަވަޅު އަޅާފައެވެ.
ހަރަމް ސެކިއުރިޓީ ފޯސްއިން ވަނީ "މަސްޖިދުލް ހަރާމްގެ މަތީ ފަންގިފިލާއަކުން ފުންމާލައިގެން މީހަކު އަމިއްލައަށް މަރުވާން އުޅުމުގެ ހާދިސާއެއް ވަނީ ހިނގާފައި" ކަން ކަށަވުކޮށްދީފައެވެ.
"އެ މީހާ ބިމުގައި ޖެހުމުގެ ކުރިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސެކިއުރިޓީ އޮފިސަރަކަށް ވަނީ އަނިޔާވެފައި. ހާދިސާ ހިނގުމާއެކު ދެ މީހުންވެސް ވަނީ ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ބަދަލުކުރެވިފައި. އަދި މިކަމާ ގުޅިގެން ފުރިހަމަކުރަންޖެހޭ ރަސްމީ އިޖުރާއަތްތައް މިހާރު ވަނީ ނިމިފައި،" ސެކިއުރިޓީ ފޯސްއިން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން މަސްޖިދުލް ހަރަމްގެ އިމާމް ޝައިޚް ޑރ. އަބްދުއްރަހްމާން އައް-ސުދައިސް ވަނީ، ހަރަމްފުޅަށް ޒިޔާރަތްކުރާ ފަރާތްތަކުން ގަވާއިދުތަކަށާއި އިރުޝާދުތަކަށް ބޯލަނބައި، އެ ބިމުގެ މާތްކަމަށް އިހުތިރާމް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ހަރަމްފުޅުގެ ތެރޭގައި އިސްލާމީ ރީތި އަދަބުތައް ހިފެހެއްޓުމަށާއި، އަޅުކަމާއި ކިޔަމަންތެރިކަމުގައި މަޝްއޫލުވެ އުޅުމަށްވެސް ޝައިޚް ނަސޭހަތްތެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު