ރައީސް މުޙައްމަދު ނަޝީދު
ރައީސް މުޙައްމަދު ނަޝީދު
ރިޒާވް ގައި ހުރީ 205 މިލިއަން ޑޮލަރު ކަމަށާައި 2026 ގެ އެޕްރީލްގައި ސުކޫކަށް އެކަނިވެސް 525 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމަހު ރާއްޖޭގެ ބޭނުން ކުރެވޭ ފޮރިން ރިޒާމް ގައި ހުރީ 205 މިލިއަން ޑޮލަރު ކަމަށާައި 2026 ގެ އެޕްރީލްގައި ސުކޫކަށް އެކަނި 525 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

"2026 ގައި އަނބުރާ ދައްކަން ޖެހޭ އެހެން ދަރަތިތައް ވެސް އެބަހުރި ކޮންމެހެން އިމްޕީޓް ކުރަން ޖެހޭ ތަކެތީގެ އަގު ވެސް އަދާ ކުރަން ޖެހޭނެ, ރާއްޖޭގެ ކްރެޑިޓް ރޭޓިން ދައްކަމުން ބޮންޑް ވިއްކަން ދަތި ވާނެ،" ނަޝީދު ވިދާޅުވިއެވެ.





ނަޝީދު ވިދާޅުވީ ބޭރު ގައުމުގެ އެހީ ހޯދާނަމަ މިހާރު އެކަން އޮންނަން ޖެހޭނީ ކަށަވަރުވިފައި ކަމަށެވެ.

"މި ދަތިން އަރައިގަތުމަށް ސަރުކާރުން ރާވާގޮތަކީ ކޮބައިކަން އެގިފައި އޮތުން ބޭނުން،" ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު