ސަރުކާރުގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއުއިޒު މިރޭ ނިންމައިފިއެވެ.

މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އަވަށު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް ބަދަލު ގެނައުމަށް ސިވިލް ސާވިސް ކޮމިޝަންގައި ދަންނަވާފައިވާނެ ކަމަށެވެ.

"މީގެ ކުރިން މުވައްޒަފުން ހެދުން އަޅަމުން އައި އުސޫލު އަހްލާގީ މިންގަނޑުތަކަށް ފެެތެޭ ސަރުކާރުގެ ރަސްމީ ގަޑީގައި މަސަތްކަތްކުރަން ޖެހޭނީ ކުރީގަ އޮތް ގަވާއިދާ އެއްގޮތަށް އެ ގަވާއިދު ރަނގަޅު މިހާރަށްވުރެ، އެ މިންގަނޑަށް ބަދަލުކުރަން ދަންނަވައިފިން،" ރައީސް ވިދާޅުވިއެވެ.

ރައީސް މިގޮތަށް ނިންމެވިއިރު މި ނިންމެވުން ނިންމެވީ މިހާރު ސަރުކާރުގެ މުވައްޒަފުން ހެދުން އަޅާ ގޮތް އަހްލާގީ މިންގަނޑުތަކަށް ނުފެތޭތީ، މީގެ ކުރިން މާލޭގެ ބައެއް އަވަށު ބައްދަލުވުންތަކުގައި ބައެއް މީހުން ވަނީ ފާޑުކިޔާ އެކަން ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު