ޝަރީއަތް ނިމެންދެން ބަންދުކޮށް ވާނުވާ ބަންދުގައި 1 އަހަރަށްވުރެ ދިގު މުއްދަތުގައި ތިބި މީހުންގެ މައްސަލަތައް ކުރިއަށް އޮތް ތިން މަސް ތެރޭގައި ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެެއްޖެއެވެ.
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް މިއަންނަ މާޗު މަސް ނިމެންވާއިރަށް ކޯޓު މަރުހަލާ ނިމޭނެ ކަމަށް އެޓާނީޖެނެރަލްގެ ފަރާތްޕުޅުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
”މިއަންނަ މާޗު މަސް ނިމެންވާއިރަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓު މަރުހަލާތައް ނިމޭނެ. އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަތައް.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އޭގެފަހުން ބާކީތިބި ހުރިހާ ފަރާތްތަކުގެ މައްސަލަތައް ހިނގާނެ ކަމަށް ބަންޑާރަނައިބު މައުލޫމާތު ދެއްވާކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ މިއީ އެތައް އަހަރެއް ވެފައިވާ މައްސަލަތައް ކަމަށާއި އަދި މާޗް މަހާ ހަމައަށް މި މައްސަލަތަކުގައި ގޮތެއް ނިމޭނެ ކަމަށާއި މިކަމުގައި ދެން މާގިނަ ދުވަހެއް ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވާނުވާގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ތެރެއިން ބަންޑާރަނައިބު ކުރައްވަންޖެހޭ ކަންކަން ކުރައްވާނެ ކަމަށާއި އަދި ބަންޑާރަނައިބުގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް އަންގަވަންޖެހޭ އެންގެވުންތައްވެސް އަންގަވާނެ ކަމަށެވެ.
ރައީސް މުއިއްޒު މިމަހުގެ 5 ވަނަ ދުވަހު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާނުވާގެ މައްސަލައާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދެއްކެވިއެވެ.
އެގޮތުން "ވާނުވާ" ބަންދުގައި މިވަގުތު 347 މީހުން އެބަ ތިބިކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ 117 މީހަކާއި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުކުރެވޭ 116 މީހުންގެ އިތުރުން، ޓެރަރިޒަމާއި، މީހުން މެރުމާއި، މާރާމާރީގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ކަޅުފައިސާ ދޮވުމާއި، ހަށިވިއްކުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ތިބި ބަޔަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ބޮޑެތި ކުށްކުށުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިގެންވާ ޙައްގެއް ނޫންކަމަށެވެ. ކުށެއްގެ ތުހުމަތުގައި ބަންދަށް ގެންދެވޭ ހިސާބުން އެ ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާނުވާ އެނގޭ ހިސާބަށް ކަންކަން ގެންގޮސްދެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު