ޖިނާއީ ކުށްކުރާ ފުލުހުންނާއިމެދު ގާނޫނީގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ.
ސީޕީ ނަވީން މިފަދައިން ވިދާޅުވީ، މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ތ. ވަންދޫން ހައްޔަރުކޮށްފައިވަނިކޮށެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިން ކަމަށާއި މިމައްސަލައިގައި ހައްޔަރުކުރެވުނު މުޙައްމަދު ނަވާޒް އަކީ ފުލުހުންގެ ވަޒީފާ އަދާކުރަމުންދިޔަ މީހެެއް ކަމަށެވެ.
މިމައްސަލައާ ގުޅިގެން މުޙައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް ބެއަރއެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ހައްޔަރުކުރުމާއެކު މުޙައްމަދު ނަވާޒްވަނީ ފުލުހުންގެ ވަޒީފާއިން ވަގުތުން ސަސްޕެންޑް ކޮށްފަ އެވެ. ނަވާޒްއަކީ 2021 ވަނަ އަހަރު ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށްފައިވާ ކޮލިފައިޑް ޕޮލިސް އޮފިސަރެކެވެ.
މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ޖިނާއީ މިފަދަ ކުށްކުރާ މުވައްޒަފުންނާ މެދު ގާނޫނީގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
”މިފަދަ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް މިޚިދުމަތުގައި އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިފަދަ ކުށްކުރާ މުވައްޒަފުންނަށް މި ޚިދުމަތުން އެއްވެސް ޖާގައެއް ނުދޭނެކަމުގެ ޔަގީންކަން ދެން،“ ސީޕީ ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޙައްމަދު ނަވާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށްފަހު ވަނީ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު