ދައުލަތުގެ ފައިސާއިން އެއްވެސް ރައްޔިތަކަށް ލުއި ދޭނަމަ، އެކަން ކުރަން ޖެހޭނީ ހަމަހަމަ އުސޫލުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިފަދައިން ވިދާޅުވީ އޭނާގެ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަހި ފުލެޓްތަކުގެ ކުއްޔާ ޑިޕޮސިޓް ފައިސާއަށް ލުއި ދިނުމާ ގުޅިގެން ރީކޯ މޫސާ ވިދާޅުވީ، ފަހި ފުލެޓްތަކުގެ ކުއްޔާއި ޑިޕޮސިޓް ފައިސާއަށް ސަރުކާރުން ލުއިތަކެއް ދިނުމަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓު ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ. މޫސަ ވިދާޅުވީ އޭނާއަކީ މާލޭގެ ރައްޔިތެއް ކަމަށާއި، މާލޭ ރައްޔިތަކަށް ލިބޭ ކޮންމެ ލުއި ފަސޭހައަކަށް އުފާކޮށް ޝުކުރު ދަންނަވާ ކަމަށެވެ.
ނަމަވެސް، މާލެ ފިޔަވައި އެތައް ބައިވަރު ރަށެއްގައިވެސް ދިވެހި ރައްޔިތުން ދިރިއުޅޭކަން ފާހަގަކުރައްވައި، ރައީސް މާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ އުދާސްތައް ބަންޑުންކޮށްލާ، އަދި ވޯޓުގެ ބޭނުމުގައި މުޅި ރާއްޖޭގެ ރައްޔިތުންގެ ފައިސާއިން ވަކި ބަޔަކަށް ލުއިތައް ދެއްވާކަމަށް މޫސާ ތުހުމަތުކުރެއްވިއެވެ.
މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަން ވެސް ކުރެއްވި މޫސަ ވިދާޅުވި ގޮތުގައި، ރާއްޖެތެރޭގައިވެސް ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ އެކި ކަންކަމަށް ލޯނުފަދަ ދަރަނި ނަގާފައިވާ އެތައް ބަޔަކު އެ ދަރަނިތައް ނުދެއްކިފައި އެބަތިއްބެވެ. އެހެންކަމުން، ދައުލަތުގެ ފައިސާއިން އެއްވެސް ރައްޔިތަކަށް ލުއި ދޭނަމަ، އެކަން ހަމަހަމަ އުސޫލުން ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރީކޯ މޫސަ ވަނީ ސަރުކާރަށް ހއ. ކެލާއިން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް، ރާއްޖޭގައި ދިރިއުޅޭ އެންމެހާ ދިވެހި ރައްޔިތުންގެ ލޯނު އިންޓްރަސްޓާއި، ކުއްޔާއި، ޖޫރިމަނާއާއި، ކުދި ވިޔަފާރިތަކުން ނުދެއްކި ހުރި ޓެކްސްތައް މާފު ނުކޮށްދެނީސް ސަރުކާރު ހިންގާ ޕާޓީއަށް ވޯޓު ދޭން އެ ރައްޔިތުން ގާތުވެސް ނުބުނުމަށް އިލްތިމާސްކުރައްވާފައެވެ.
މާލޭގެ ރައްޔިތުންނާ ރާއްޖެތެރޭގެ ރައްޔިތުންގެ ނެދުގައި ސަރުކާރުން ތަފާތު ކުރާކަމަށް ތުހުމަތުކުރައްވައި ރީކޯ މޫސަ ވާހަކަ ދެއްކެވިއިރު، ރާއްޖެތެރޭގެ ކުދިކުދި އާބާދީތަކަށް އަމާޒުކޮށް ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާ ހޭދަކޮށްގެން ބިޔަ ޕްރޮޖެކްޓްތައް ހިންގައި ބޮޑެތި ލުއިތައްދީ ހިލޭ ބިމާއި ގޯތި ދެމެންދާއިރު މާލޭގެ ރައްޔިތުންނަށް އެފަދަ ލުއެއް ލިބުމާ ދެކޮޅަށް ސިޔާސީ އިސް ފަރާތްތަކުން އަޑު އުފުލާ ވަކާލާތުކުރައްވާތީ މާލޭގެ ރަށްވެހިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު