ރާއްޖޭގައި ކުށްކުރާ ގުރޫޕުތައް އެއްވާ ތަންތަނުން ފެންނަ ކުޑަކުދިންގެ އަދަދު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢީލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ ރާއްޖޭގައި ކުށްކުރާ ގުރޫޕުތައް އެއްވާ ތަންތަނުން މިހާރު ގިނައިން ފެންނަނީ ކުޑަކުދިން ކަމަށެވެ. ސީޕީ ވަނީ މިކަމަށް ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަށްވާފައެވެ.
ސީޕީ ނަވީން ވިދާޅުވީ، ކުށްކުރާ ގުރޫޕުތައް އެއްވެއުޅޭ ތަންތަން (ހޮޓްސްޕޮޓްސް) މިހާރު ބަލާއިރު، ކުރިން ކްރައިމްގެ ތެރޭގައި އުޅުނު ކުޑަކުދިންނަށްވުރެ ބޮޑަށް، އާ މޫނުތައް ފެންނަމުންދާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ނުވަތަ މިދިޔަ އަހަރު އޯލެވެލް ހެދި، ކިރިޔާ އަށާރަ އަހަރު ވެފައި ތިބޭ ކުދިންނާއި ސަތާރަ އަހަރުގެ ކުދިން ގިނައިން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި އަޅުގަނޑުމެންނަށް ވަރަށް ކަންބޮޑުވާ ހިސާބަކަށް ގޮއްސަ އޮތީ. މިހާރު ކަންކޮޅުތަކުގައި ކުރިން ކްރައިމްގެ ތެރޭގައި ކުޑަކުދިންގެއި އުޅޭ ފަރާތްތަކަށްވުރެ ބޮޑަށް މިހާރު ފެންނަނީ އާ އާ މޫނުތައް ފެންނަނީ. ކުޑަކުދިން ފެންނަނީ. އެންމެ ފަހުން އޯލެވެލް ހެދި، ނޫނީ މިދިޔަ އަހަރު އޯލެވެލް ހެދި ކުދިން، ކިރިޔާ އަށާރަ އަހަރު ވެފައި ތިބޭ ކުދިން، ނޫނީ ސަތާރަ އަހަރުގެ ކުދިން މިހާރު މި ފެންނަނީ އެ ތަންތަނުން. އަޅުގަނޑުމެން ހޮޓްސްޕޮޓްސްއޭ މި ކިޔާ މި ގްރޫޕްތައް އެއްވެގެން އޮންނަ ތަންތަނުން މި ފެންނަނީ ސަތާރަ އަހަރުގެ ކުދިން،" ސީޕީ ނަވީން ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ އެ ކުދިން މިވަގުތު އެއްވެސް ކުށެއް ނުކުރާތީ ނަސޭހަތް ދީފައި ފޮނުވާލަން ޖެހިފައިވީ ނަމަވެސް، ކުރިއަށް އޮތްތާނގައި ކުށުގެ ތެރެއަށް ވަދެގެން ދާނެކަމުގެ ބިރު ބޮޑުކަމަށެވެ.
"މި އަޅުގަނޑުމެންނަށް ކަންބޮޑުވާ ދަރަޖައަކަށް އެބަފެނޭ. މިކުދިން ނަސޭހަތް ދީފައި މި ފޮނުވާލަނީ މިހާރު އެއްވެސް ކުށެއް ނުކުރާތީއެއް. އެކަމު ކުރިޔަށް އެ އޮތްތާނގައި އަޅުގަނޑުމެންނަށް ބިރުބޮޑީ މިކުދިން ކުށުގެ ތެރެއަށް ވަދެގެން ދާނެތީ. އެހެންވީމަ އަޅުގަނޑުމެން ހަމަ ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ހަމަ ދަންނަވާލަން، މިކުދިން މިގޮތަށް ވިޔަ ނުދޭން،" ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ އުމުރުން ސަތާރަ އަހަރުގެ ކުދިންނަކީ ބެލެނިވެރިންގެ ފުރިހަމަ ބެލެހެއްޓުމާއި ނަޒަރުދިނުން ހާއްސަކޮށް ބޭނުންވާ ބައެއް ކަމަށެވެ. އެ ކުދިން ދަތުރުކުރާ ތަންތަނާއި، އެ ކުދިންގެ ހަރަކާތްތަކަށް ގާތުން ބަލައި، ފާރަވެރިވުމަކީ ކޮންމެހެންވެސް މުހިންމު އަދި އަސާސީ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު