ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވުމުގެ ސަބަބުން، ހަރުމުދާ ވިއްކާ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން މިކަމަށް އަވަސް ހައްލަކަށް ގޮވާލައިފިއެވެ.
ރައީސް މުޢިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު މިރޭ ބޭއްވެވި ބައްދަލުވުމުގައި ވާހަކަދެއްކި ވިޔަފާރިވެރިއަކު ފާހަގަކުރީ ކުރީ ސަރުކާރުގެ ދުވަސްވަރު ކޮށްފައިވާ މަސައްކަތްތަކަށް ވެސް އަދިވެސް ފައިސާ ލިބިފައިނުވާ ކަމަށެވެ.
ވިޔަފާރިތަކަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކަށް އަލިއަޅުވާލަމުން ވިޔަފާރިވެރިޔާ ބުނީ ޓެކްސް، ޖީއެސްޓީ، ކޯޓާ ފީ، އަދި ވިސާ ފީ ފަދަ ދައްކަންޖެހޭ އެކި އެކި ފައިސާގެ އިތުރުން މުވައްޒަފުންގެ މުސާރަ ދިނުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި، މިހުރިހާ ހަރަދުތަކެއް ކުރަމުންދާއިރު ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބި ލަސްވާކަމަށެވެ.
ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުން ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ވައުދުތައް ވަމުންދާ ނަމަވެސް، ޢަމަލީގޮތުން އެ ވައުދުތަކާ އެއްގޮތަށް ކަންކަން ނުކުރެވޭކަން އޭނާ ފާހަގަކުރިއެވެ.
އޭނާ ރައީސް މުޢިއްޒުގެ އަރިހުން އެދުނީ ވިޔަފާރިވެރިންލައްވާ ކުރާ މަސައްކަތަށް 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތެއް ހަމަޖައްސައިދެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު