ރައްޔިތުންގެ މަޖިލީހުގައި ތިބި "ނުބައި ނުލަފާ މެންބަރުން" ދަނީ މާލޭ ރައްޔިތުންގެ ގޯތި ގެދޮރާއި ބެހެމުން ކަމަށް ބުނެ ދިވެހި ރައްޔިތަކު އޭނާގެ އިހުސާސްތައް ރައީސް މުއްއިޒާއި ހިއްސާކޮށްފިއެވެ.
މިރޭ ގަލޮޅު ރައްޔިތުންނާއި ބަދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި އަންހެންނަކު ވަނީ ސަރުކާރު ހިންގާ ޕީއެންސީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
އެގޮތުން މެންބަރު ފަލާހު ދަނީ މާލޭ ރައްޔިތުންގެ ގޯތި ގެދޮރާއި ބެހެމުން ކަމަށް އޭނާ ބުންޏެވެ.
"ރައްޔިތުންގެ މަޖިލީހުގައި ތިބި ނުބައި ނުލަފާ މެންބަރުން ދަނީ މާލޭ ރައްޔިތުންގެ ގޯތި ގެދޮރާއި ބެހެމުން, ހާއްސަކޮށް މެންބަރު ފަލާހު." އޭނާ ވަރަށް އަސަރާއި އެކު ބުންޏެނެވެ.
ފަލާހަށް މި ތުހުމަތު ކުރެވޭއިރު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ މި ފަހުން ހުޅުމާލެއިން ބީޗް ފްރަންޓް ބިމެއް 28،000،000 ރުފިޔާއަށް ބައްލަވައިގެންފައެވެ.
އޭނާ ބައްލަވައިގެންފައިވަނީ ހުޅުމާލެ ލޮޓް ނަމްބަރު 22173 ބިމެވެ. އެއީ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުގައި އޮންނަ 3،250 އަކަ ފޫޓުގެ ބިމެކެވެ.

ކިޔުންތެރިންގެ ހިޔާލު