ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުދުﷲ އަހުމަދު
ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުދުﷲ އަހުމަދު
ރާއްޖޭގެ އެތެރޭގެ ވިޔަފާރި އެއްކޮށް ހަލާކުކޮށްލުމަށް ފަހު އިގްތިސާދު ރަނގަޅުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް ކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ މިހާރު ޑޮލަރުގެ މައްސަލަ ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު  ބޭނުންފުޅު ވާހެން އެ މަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން ހީ ނުވާ ކަމަށެވެ.

"ސަރުކާރުގެ އެސްއޯއީތަކުން ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ތެރެއަށް ވަންނަމުން އެ ވެސް ޑޮލަރުގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުމެއް" ސައުދު ވިދާޅުވި އެވެ.

އެތެރޭގެ ވިޔަފާރި އެއްކޮށް ހަލާކުކޮށްލުމަށް ފަހު ގައުމުގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް ކަމަށް ސައުދު ވިދާޅުވި އެވެ.

"ގައުމަށް ޑޮލަރު ވަދޭ. ޑޮލަރުގެ މައްސަލަ ހައްލުކުރަން ބޭނުން ނަމަ ކުރެވޭނެ. ސީދާ ބޭރުން ފަންޑު ލިބިގެންނޭ މައްސަލަ ހައްލު ވާނީ ބުންޏަސް ޤަބޫލެއް ނުކުރެވޭ." ސައުދު ވިދާޅުވި އެވެ.

ސަައުދު ވިދާޅުވީ ސަރުކާރުން ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ވިޔަފާރި ވެރިން އުޅޭ ހާލު ވެސް ބަަލަން ބޭނުން ނުވާ ކަމަށެވެ.

"ޑޮލަރު ނުލިބުމުގެ ދަތިކަމަކީ ކިހާ ސީރިއަސް މައްސަލަ އެއްކަން ސަރުކާރަށް ނުވިސްނޭ." އޭނާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު