ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް އެންމެ ބޮޑު މަސައްކަތެއް ކުރީ މި ސަރުކާރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާލޭގެ މާފަންނު ރައްޔިތުންނާއެކު ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ ކޮރަޕްޝަނާ މުޅިން ދެކޮޅު ސަރުކާރެއް ކަމަށެވެ. އަދި ވައްކަންކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި މި ސަރުކާރުން މިއަދާ ހަމައަށް ކުރިވަރަކަށް ދުވަހަކުވެސް އެއްވެސް ސަރުކާރަކުން އެ މަސައްކަތް ކޮށްފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނުބަލަން އެއްވެސް ބަޔަކު ތަނަކުން ވައްކަމެއް ކުރީމަ އެ މީހާއަކީ ކިހާވަރެއްގެ ވިޔަފާރިވެރިއެއްތޯ، އެ މީހާ ނިސްބަތްވަނީ ކޮން އާއިލާއަކަށްތޯ، އެ މީހާއަށް ތާއީދުކުރަނީ މި ކޮން ސިޔާސީ މީހެއްތޯއެއް ނުބަލާ. ތިބޭފުޅުން ވިސްނަވާލައްވައިފިއްޔާ ފާހަގަކުރެވިދާނެ މި ދެންނެވި ތެދެއްކަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ ވައްކަމާއި ކޮރަޕްޝަނަކީ ރާއްޖެއަށް އައިސްފައިވާ ވަބާއެއް ކަމުގައި ސިފަކުރައްވާފައެވެ. އަދި މިސަރުކާރުން ވައްކަންކުރާކަށެއް، ނުވަތަ ކޮރަޕްޝަން ހިންގާކަށެއް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިޢުލާން ކުރެއްވި ސިޔާސަތަކީ ވެސް ކޮރަޕްޝަނާ ވައްކަމާ ދެކޮޅު ސިޔާސަތެއް ކަމަށާއި، ގުޑް ގަވަނަންސްގެ ނިޒާމެއް ގެނައުން ކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކޮރަޕްޝަން ނައްތާލުމަށްޓަކައި މުހިންމު ފިޔަވަޅެއްގެ ގޮތުން، އަންނަ އަހަރު ސަރުކާރުން "މޯލްޑިވްސް 2.0" ނަމުގައި ބޮޑު ޕްރޮގްރާމެއް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޕްރޮގްރާމަކީ ގަވަނަންސް ނިޒާމުތަކުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ގެނެވޭ އެންމެ ބޮޑު ޓްރާންސްފޮމޭޝަނަލް ބަދަލު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރީގަ ވެއްޖިއްޔާ، އަދި މިއަދާ ހަމައަށްވެސް، ކަމެއް ކުރަން ވެއްޖިއްޔާ އޮފީހެއްގެ ތެރެއިން ކޮންމެސް މީހެއް ކައިރީގަ ނޫންތޯ ބުނަންޖެހެނީ. އެމީހާ އެކަން ކޮށްދިނީމަ މިވަނީ. އެހެންނަމަވެސް ޑިޖިޓަލައިޒް ކުރެވުނީމަ، އެނިޒާމުގެ ތެރެއަށް ވެއްދީމަ، ދެން އެމީހަކު ކުރާނެކަމެއް ނޯންނާނެ. މަދުވާނެ އަތްލެވޭނެ ކަންތައްތައް، އެހެންވީމަ ކޮރަޕްޝަން ހިންގުމުގެ ފުރުސަތު ގެއްލޭނެ ވަރަށް ބޮޑަށް ނިޒާމުގެ ތެރެއިން،" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ކޮރަޕްޝަން ނައްތާލާ، ޙަޤީޤީ ގޮތެއްގައި ގުޑް ގަވަނަންސްގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ވަރަށް ކައިރިން މަސައްކަތްކުރަމުން އަންނަ ކަމަށާއި އޭގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އަދި، ރައްޔިތުންނަށް ކޮރަޕްޝަންގެ ކަމެއް ފެނިއްޖެނަމަ، އޮންނަ އުސޫލުން މުއައްސަސާތަކަށް ހުށަހެޅުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު