އަހުމަދު މަސްނޫމް   4 ޑިސެމްބަރު 2025 - 0:30
އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކަރަންޓު ކެނޑުނު ލ. ގަމަށް މިހާރު އެއްކޮށް ކަރަންޓު ދެވިފައިވާކަމަށް ފެނަކައިން ބުނެފި އެވެ.

ގަމުގައި ހުންނަ ފެނަކަ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި ރަށުން ކަރަންޓް ކެނޑުނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

ފެނަކަ އިން ބުނީ މިރޭ 23:25 ގައި މުޅި ރަށަށް ކަރަންޓު ދީފައިވާ ކަމަށެވެ.

ލ. ގަމަކީ ގާތްގަނޑަކަށް 5000 މީހުންގެ އާބާދީ އެއް އޮންނަ ރަށެކެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށާއި، އެނެކްސް ދޭކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާކަމަށެވެ. މިހާދިސާއާއި ގުޅިގެން މިހާތަނަށް ވިޝުއަލް އިންސްޕެކްޝަންތަކުން ފާހަގަވެފައިވާ ގޮތުން، ގެއްލުން ވެފައިވަނީ އެ ރަށަށް ކަރަންޓް ދޭ 5 އިންޖީނުގެ ތެރެއިން 1 އިންޖީނައްކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ފެނަކަ އިން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު